އިރާގް ކޮޅަށް ލަނޑުޖެހުމަށްފަހު އެމްބާޕޭ... ފޮޓޯ: ސްކައި ސްޕޯޓްސް
އިރާގް ކޮޅަށް ލަނޑުޖެހުމަށްފަހު އެމްބާޕޭ... ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު 23 Jun 2026 | 04:05

ފްރާންސް އަދި ނޯވޭ ވެސް އަނެއް ބުރަށް

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މިހާރު ކުރިއަށްދާ ފީފާ ވަލްޑްކަޕްގެ ނޮކްއައުޓް ބުރުގެ ޖާގައެއް ފްރާންސް އަދި ނޯވޭ ހޯދައިފިއެވެ.

މުބާރާތުގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ފްރާންސް ކަށަވަރުކުރީ ރޭ އިރާގާ ދެކޮޅަށް ކުޅުނުމެޗް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މެޗްގައި އެންމެ ފާހަގަވެގެން ދިޔައީ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ. އޭނާ ވަނީ މި މެޗްގައި ދެ ގޯލް ޖަހައި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މެޗްގައި ފްރާންސްގެ ފުރަތަމަ ގޯލް އެމްބާޕޭ ޖަހާފައިވަނީ، 14 ވަނަ މިނެޓް ތެރޭގައެވެ. އަދި ދެވަނަ ގޯލް ޖަހާފައިވަނީ، 54 ވަނަ މިނެޓް ތެރޭގައެވެ. ފްރާންސްގެ ތިންވަނަ ލަނޑުޖެހި ޑެމްބެލޭ އެވެ. އެމްބާޕޭ މިމެޗްގައި ޖެހި ދެ ގޯލާއެކު އޭނާ ވަނީ މުބާރާތުގައި މިހާތަނަށް ހަތަރު ލަނޑު ޖަހާފައެވެ.

ރޭ ޖެހި ދެ ގޯލާއެކު އެމްބާޕޭ ވަނީ ވަރލްޑްކަޕްގައި މިހާތަނަށް 15 ގޯލް ކާމިޔާބުކޮށް މިހާތަނަށް ތިންވަނައަށް އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ގޮތުގައި ހިމެނިފައެވެ.

ވަރލްޑްކަޕް ނޮކްއައުޓް ބުރުގެ ޖާގައެއް ނޯވޭ ހޯދާފައިވަނީ، ސެނެގާލް އާ ދެކޮޅަށް ކުޅުނުމެޗް 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ. މިމެޗްގައި ހާލާންޑް ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...