ކަމަދޫ ސްކޫލްގެ އާ އިމާރާތް ކުރަން އެފްޑީސީއާ ހަވާލުކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބ. ކަމަދޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތާއި އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކަމަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، މިއަދު ބޭއްވި ރަސްމިއްޔާތުގައި، ކަމަދޫ ސްކޫލުގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއީލް ޝަފީއު އެވެ. އަދި ފަހިދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ ހަމްދާން ޝަކީލް އެވެ.
ކަމަދޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް، ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 300 ދުވަހުން ނިންމާ ގޮތަށް، 5.4 މިލިއަން ރުފިޔާ އަށެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑަކީ ހުޅުމާލޭގައި 4,000 ހައުސިން ޔުނިޓް ތަރައްގީ ކުރި ކުންފުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް