ހއ. ދިއްދޫގައި ވެމްކޯގެ ހިދުމަތް އިފްތިތާހުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު---ފޮޓޯ: ވެމްކޯ
ހއ. ދިއްދޫގައި ވެމްކޯގެ ހިދުމަތް އިފްތިތާހުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު---ފޮޓޯ: ވެމްކޯ
ވިޔަފާރި 22 Feb 2025 | 09:47

ދިއްދޫގައި ވެމްކޯގެ ހިދުމަތް ފަށައިފި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ހިދުމަތް ހއ. ދިއްދޫގައި ފަށައިފިއެވެ.

ދިއްދޫގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވެމްކޯއިން ރާއްޖޭގައި ކުރާ މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ފައިދާވާނެ ކަމަށާއި، އޭގެ އިތުރުން ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމުގެ އިތުރުން ވިޔަފާރިތަކަށްވެސް ފައިދާ ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ކުނި މެނޭޖްކުރުމުގެ އުސޫލުތައް ފެށޭނީ ކުޑަކުދިންގެ ކިބައިން ކަމަށެވެ.

ކޮންމެ މުޖުތަމައެއްގައިވެސް ރައްކާތެރިކަމާއެކު ކުނި ބެލެހެއްޓުމަށް ހަގީގަތުގައި ހިތްވަރުދޭ އެއް ބަޔަކީ ކުޑަކުދިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގައި ވަކިން ހާއްސަކޮށް ހަރަކާތްތެރިވާނީ ސްކޫލް ކުދިން ކަމުގައި މިނިސްޓަރ ވިދާޅުވެފައި ވެއެވެ. ކުޑަކުދިންނަށް ބޭނުންވާ ވަރަށް އެކަށީގެންވާ މައުލޫމާތު ދީފިނަމަ ގޭބިސީތަކުން ކުނީގެ ބާވަތްތައް ބަހާލައިގެން އުކާލާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ކުނި މެނޭޖްކުރަން ވަރަށް ފަސޭހަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްރަށަށްވެސް މި ހިދުމަތް ފުޅާކުރަމުން ގެންދާނެ ކަމަށާއި ކުންފުނީގެ ކުރިއެރުމަށް ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް މުވައްޒަފުން އަބަދުވެސް ތައްޔާރަށް ތިބޭނެ ކަމަށެވެ.

ރަށްރަށުގެ ގޭބީސީތަކުން ގޮނޑުދޮށަށް ކުނި އުކާލައިގެން އެ ސަރަހައްދު ފުރިގެން ދާއިރު ކައުންސިލަށް ކުރެވޭނެ އިތުރު ކަމެއް ނުހުންނާނެކަމަށް މުޖުތަބާ ވިދާޅުވިއެވެ. ކުނި އޮފްލޯޑް ކުރެވޭނީ ހަމައެކަނި ވެމްކޯއާއި ގުޅިގެން ކުނި މެނޭޖްމަންޓް ސައިޓަށް ކުނި ގެންގޮސްގެންކަން މުޖުތަބާ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
04 Oct 2026 ހަބަރު

އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި

އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ. އެކަން ވޭސްޓް މެނޭޖްމަނ...

ވެމްކޯގެ ހުރިހާ އިދާރީ ޚިދުމަތެއް އެއް އެޕަކުން ލިބޭ ގޮތް ހަދައިފި
19 Aug 2026 ހަބަރު

ވެމްކޯގެ ހުރިހާ އިދާރީ ޚިދުމަތެއް އެއް އެޕަކުން ލިބޭ ގޮތް ހަދައިފި

ވެމްކޯއިން ފޯރުކޮށްދޭ އިދާރީ ޚިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ ކުންފުނީގެ މޯބައިލް އެޕް މިއަދު އިފުތިތާޙުކޮށްފިއެވެ. މި އެޕް އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސ...

ވެމްކޯއަށް ކުނި ނެގުމުގެ ޚިދުމަތަށް ބޭނުންވާ 22 ޕިކަޕް ހަވާލުކޮށްފި
14 Aug 2026 ހަބަރު

ވެމްކޯއަށް ކުނި ނެގުމުގެ ޚިދުމަތަށް ބޭނުންވާ 22 ޕިކަޕް ހަވާލުކޮށްފި

އަތޮޅުތެރޭގެ ރަށްރަށުގައި ކުނި ނެގުމުގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ 22 ޕިކަޕް ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ވެމްކޯއާ ހަވާލުކޮށްފިއެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި ވެމްކޯއާ ހަވާލުކުރެވުނު އު...

މާލެސިޓީ ކައުންސިލުން ކުނި ފީގެ ގޮތުގައި 116.4 މިލިއަން ރުފިޔާ ނުދީ އެބައޮތް: ވެމްކޯ
13 Aug 2026 ހަބަރު

މާލެސިޓީ ކައުންސިލުން ކުނި ފީގެ ގޮތުގައި 116.4 މިލިއަން ރުފިޔާ ނުދީ އެބައޮތް: ވެމްކޯ

މާލެ ސިޓީ ކައުންސިލުން ހިދުމަތް ހޯދާފައި ވެމްކޯއަށް ދޭންޖެހޭ ފައިސާގެ އަދަދު 116.4 މިލިއަން ރުފިޔާއަށް އަރާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިތެޑް، ވެމްކޯއިން ހާމަކޮށްފިއެވެ. ވެމްކޯއިން މާލެސިޓ...

ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ: ވެމްކޯ
02 Aug 2026 ހަބަރު

ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ: ވެމްކޯ

ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެންނަ ކުނި ވަކިކޮށްފައި ނުވާނަމަ، އެ ކުނި ބަލައިނުގަނެވޭނެ ކަމަށް މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ ޒިންމާ އަދާކުރާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަ...

ކުނީގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލެއިން ވެމްކޯއަށް ވަގުތީގޮތުން ބިމެއް
30 Jul 2026 ހަބަރު

ކުނީގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލެއިން ވެމްކޯއަށް ވަގުތީގޮތުން ބިމެއް

ހުޅުމާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ވެމްކޯއަށް ވަގުތީގޮތުން ހުޅުމާލެއިން ބިމެއް ހަމަޖައްސައިދީފިއެވެ. މިކަން ވެމްކޯގެ  މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވަނީ އެކްސްގަ...