ވެމްކޯގެ ހުރިހާ އިދާރީ ޚިދުމަތެއް އެއް އެޕަކުން ލިބޭ ގޮތް ހަދައިފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ވެމްކޯއިން ފޯރުކޮށްދޭ އިދާރީ ޚިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ ކުންފުނީގެ މޯބައިލް އެޕް މިއަދު އިފުތިތާޙުކޮށްފިއެވެ.
މި އެޕް އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވެން ހުންނައިރު އެޕް ބޭނުންކުރެވޭނީ އީފާސް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމުންނެވެ. ވެމްކޯއިން ބުނީ މި އެޕްލިކޭޝަނާ އެކު ކުރިން ވަކިވަކިން ހޯދަން ޖެހުނު ހުރިހާ އިދާރީ ޚިދުމަތެއް އޮންލައިންކޮށް ފަސޭހަކަމާ އެކީ ހޯދޭނެ ކަމަށެވެ.
އެ ކުންފުނީގެ ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓަރީ ވުމާއި ވަކިވަކިން ކުނި އުކައިލުމަށް ރިކުއެސްޓު ހުށަހެޅުމުގެ އިތުރުން ޚިދުމަތަކާ ގުޅޭ ޝަކުވާއެއް ހުށަހެޅުމުގެ މަގުވެސް މި އެޕުން ފަހިކޮށްދޭނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. އޭގެ އިތުރުން މަޢުލޫމާތު ސާފުކުރުމަށް ވެމްކޯގެ އެޖެންޓުންނާ ޗެޓް ކުރެވޭ ފީޗާއެއް ވެސް ހިމެނެއެވެ.
ރަޖިސްޓަރީ ކޮށްފައިވާ މައްސަލަތައް ގޮސްފައިވާ ހިސާބާއި ކޮށްފައިވާ މުޢާމަލާތްތައް ވެސް މި އެޕް މެދުވެރިކޮށް ބެލޭނެ ކަމަށް ވެމްކޯއިން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް