ފޮޓޯ/ވޮއިސް
ފޮޓޯ/ވޮއިސް
ހަބަރު 22 Aug 2024 | 09:08

ތިލަފުށީގައި ހުރި ވަރކްޝޮޕެއް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ކ.ތިލަފުށީގައި ހުންނަ މެރިންޑޯ ކުންފުނީގެ ވަރކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެތަނުގައި އަލިފާން ރޯވީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި އެތަނުގައި ވަނީ ވަރަށްބޮޑަށް އަލިފާންރޯވެ ދަނީ އަނދަމުންނެވެ. އަލިފާންގަނޑު އެ ސަރަހައްދުގައި ހުރި އެހެން ތަންތަނަށްވެސް ފެތުރެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ވޮއިސްއަށް މައުލޫމާތު ދެމުން އެތަނުގައި ހުރި މީހަކު ބުނީ، ރޯވި ވަރކްޝޮޕަކީ ލޭތްކުރުމާއި ދަނގަޑުގެ އެކި މަސައްކަތްތައް ކުރާ ތަނެއް ކަމަށެވެ. އެތަނަކީ މީހުންވެސް އުޅޭ ތަނެކެވެ.

ހާދިސާ ހިނގުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންވެސް އެތަނުގައި މީހުން އުޅުނުކަމަށް ވެއެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފާއި އާއްމުންގެ އެހީތެރިކަމާއެކުގައެވެ.

ތިލަފުށީގައި ހުންނަ މެރިންޑޯ ވަރކްޝޮޕްގައި ރޯވެ އަނދަނީ... ފޮޓޯ/ ވޮއިސް

މި ހާދިސާގައި އެކަކަށް ވަރަށްބޮޑަށް ދުމުގެ އަސަރުކޮށްގެން ވަނީ ފަރުވާ ހޯދާފައެވެ.

ތިލަފުށީގައި ހުންނަ މެރިންޑޯ ވަރކްޝޮޕްގައި ރޯވެ އަނދަނީ... ފޮޓޯ/ ވޮއިސް

މި ހާދިސާގައި ވަރކްޝޮޕް އަނދައިގެންގޮސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.