ދުންފަތުގެ އިސްތިއުމާލު ކުރި 43 މީހަކު ޖޫރިމަނާކޮށްފި
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތަކުގައި އެކަން ކުރި ގިނައަދަދެއްގެ ބަޔަކު ޖޫރިމަނާ ކޮށްފިއެވެ.
އެގޮތުން މިދިޔަ ހަފްތާގައި އެކަން ކުރި 43 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.
2010 ވަނަ އަހަރު އުފެދިގެން އައި ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނާއި އޭގެ ދަށުން އައި ގަވައިދުން ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ ވަކި އާންމު ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ސިނަމާތަކާއި ޖަލްސާކުރާ މާލަންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތަކާއި ސައި ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކާބޯތަކެތި ހަދާ ތަންތަނާއި މިސްކިތްތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނާއި އުނގަންނައިދޭ ތަންތަނާއި ކުޑަކުދިން ބަލަހައްޓާ އަދި ތަމްރީންކުރާ ތަންތަނާއި އެ ތަންތަނުގެ ހާމަކޮށް އޮންނަ ބިމާއި އެ ތަންތަނުގައި ހުންނަ ހުރިހާ އިމާރާތްތަކާއި އެ ތަންތަނަށް ވަދެ ނިކުމެ އުޅުމުގައި ބޭނުންކުރަން ޖެހޭ ތަންތަން އަދި ސަރުކާރުގެ އިމާރާތްތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނަލެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް