ހުވާކުރާ ދުވަސް އީސީއަކަށް ނުނިންމޭނެ - އަބްދުރަހީމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހިނގަމުން މިދާ ރައީސް ޔާމީން ގެ ދައުރު ނިމި އާރައީސް ހުވާ ކުރާ ދުވާހާ މެދު ޕީޕީއެމް އާއި އިލެކްޝަން ހިޔާލު ތަފާތު ވަނީ ވެފައެވެ. އެގޮތުން ނޮވެންބަރ 11 އަކީ އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާނެ ދުވަސް ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އިލެކްޝަން އަށް ރައްދު ދެއްވަމުން ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ގެ ނައިބް ރައީސް ވިދާޅުވީ ރައީސް ކަމުގެ ހުވާ ކުރައްވާ ދުވަސް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫންކަމުގައެވެ.
ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުރަހީމް އަބްދުﷲ ވިދާޅުވިގޮތުގައި ރައީސްކަމުގެ ހުވާކުރުމުގެ ތާރީހެއް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓުގައި ހިމެނޭ ކަމެށް ނޫން ކަމަށެވެ.
އަދުރޭގެ ވާހަކަ ފުޅުގައި ޤާނޫނު އަސާސީގައި ނޮވެންބަރ 11 އަކީ ރައީސް ކަމުގެ ހުވާ ކުރަން ޖެހޭނެ ދުވަސް ކަމުގައި ނޯންނަކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރީއާގެ ދައުރަކީ 5 ފަހަރު ކަމަށާއި ރައީސް ޔާމީންގެ ދައުރު ހަމަ ވާނީ ނޮވެންބަރު 17 ގައި ކަމަށެވެ.
ގާނޫނު އަސާސީގެ އިންތިގާލީ ބާބުގައިވާ ގޮތުން އާ ރައީސްއަކު ހުވާ ކުރެއްވުން އޮންނަނީ ނޮވެމްބަރު 11 ގައެވެ. ނަމަވެސް 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، ސުޕްރީމް ކޯޓުން ބާތިލްކުރުމުން އެ ތާރީހަށް އާ ރައީސްއަކު އިންތިހާބު ނުކުރެވި، ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ އެ އަހަރުގެ ނޮވެމްބަރު 17ގަ އެވެ. އެހެންކަމުން އޭޖީ އޮފީހުން އިލެކްޝަން ކޮމިޝަނަށް މީގެކުރިން ލަފާދީފައިވަނީ މި ފަހަރު ވެސް ހުވާކުރުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17 ގައި ބޭއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް