ލޭބަރ ޕާޓީން މަޖިލީހުގެ 11 ދާއިރާާއަކަށް ކުރިމަތިލަނީ
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)އިން 11ދާއިރާއަކަށް ކެނޑިޑޭޓުން ނެރެން ނިންމައިފިއެވެ.
ލޭބަރ ޕާޓީން މައުލޫމާތު ދޭގޮތުގައި އެޕާޓީން ވާދަ ކުރަން ހަމަޖެހިފައިވާ ދާއިރާތަކަކީ ހދ. ނޮޅިވަރަމް ދާއިރާއާއި، ށ. މިލަންދޫ ދާއިރާއާއި، ޅ. ހިންނަވަރު ދާއިރާއާއި، ބ. އޭދަފުށީ ދާއިރާއާއި، އދ. މާމިގިލީ ދާއިރާއާއި، ތ. ކިނބިދޫ ދާއިރާއާއި، ގއ. ދާންދޫ ދާއިރާއާއި، ސ. މީދޫ ދާއިރާއާއި، ވިލިމާލެ ދާއިރާގެ އިތުރުން، ހުޅުމާލެ ދާއިރާއާއި، ހެންވޭރު ދެކުނު ދާއިރާއެވެ.
އެ 11 ދާއިރާއަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް ކައިރި މުސްތަގުބަލެއްގައި އެ ޕާޓީން ބާއްވާ ރަސްމިއްޔާތެއްގައި ހާމަ ކުރާނެ ކަމަށް އެމްއެލްއެސްޑީ ޕާޓީން މައުލޫމާތުދެއެވެ.
އެ 11 ދާއިރާގެ އިތުރުންވެސް، އިތުރު ދާއިރާތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކާއި އެކުގައިވެސް މަޝްވަރާކުރެވެމުންދާ ކަމަށާއި، އަދިވެސް އެޕާޓީގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެކަމަށް އެޕާޓީން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް