އަޅުގަނޑާމެދު ކަންކަން ނިންމަވާއިރު ވިސްނާ ދެއްވަވާ - ރައީސް ޔާމީން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދު ކުއްލި ގޮތަކަށް ރައީސް އޮފީހުގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީނާ މެދު ރައްޔިތުން ކަންކަން ނިންމާއިރު ދެތިން ކަމާމެދު ވިސްނާލުމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނާ މެދު ރައްޔިތުން ކަންކަން ނިންމަވާއިރު ދެތިން ކަމަކަމާމެދު ވިސްނާލަން ޖެހޭކަމަށާއި އެއީ ގައުމަށް ބަދަލެއް ގެނެވިއްޖެތޯއާ، އިގްތިސޯދީ، ސިއްހީ ދާއިރާގެ ހާލު ދިޔައީ ގޯހަށްތޯ ނުވަތަ ކުރިއެރުމެއް ލިބުނުތޯއާއި، އިންސާފުވެރިކަމާއެކު ކޯޓުތަކަށް ކަންކަން ދޫކޮށްލެއްވިތޯ ނުވަތަ އާބިޓްރީކޮށް ދޫކޮށްލިތޯ ބަލަންޖެހޭ ކަމަށެވެ.
މީގެއިތުރުން ގައުމީ ސަލާމަތަށް އެމަނިކުފާނު ދެއްވީ ކިހާ ވަރެއްގެ ސަމާލު ކަމެއްތޯ ބަލަންޖެހޭކަމަށާއި، ހުރިހާ ކަމެއް ނިންމުމުގައި ވެސް ހިންގުމުގައި ވެސް ގައުމީ ސަލާމަތަށް އިސްކަން ދިންތޯބަލަންޖެހޭކަމަށެވެ.
ވޯޓާ ބެހޭގޮތުން މައްސަލާގައި ޝަކުވާ އުފުއްލެވީ ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ކަމަށާއި ރައްޔިތުންނަށް އަޅާލަން ކަމުގަކަމަށް ވިދާޅުވިއެވެ.
އަދި އެމަނިކުފާނަށް ނިމިދިޔަ ރިޔާސީ އިންތިހާބަގައި ވޯޓް ދެއްވި ރައްޔިތުންނަށް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ވޯޓު ނުދެއްވާ ބޭފުޅުންވެސް، ބޭރު މީހުންނަށް ޖާގަ ނުދީ ގައުމީ މަސްލަހަތު އިސްކުރާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް