އެލައިޑް އިންޝުއަރެންސްއަށް އާ އެމްޑީއަކު ހަމަޖައްސައިފި
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެލައިޑް އިންޝުއަރެންސްއަށް އާ މެނޭޖިންގް ޑިރެކްޓަރަކު ހަމަޖައްސައިފިއެވެ.
އެކުންފުނީގެ އާ އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވަނީ އެލައިޑްގައި ދިގު މުއްދަތެއް ވާންދެން ޚިދުމަތްކުރައްވާފައިވާ ފަރާތެއްކަމުގައިވާ ޝަފާޒް މުހައްމަދެެވެ. ޝަފާޒް މި މަގާމަށް އައްޔަންކޮށްފައިވަނީ އެސްޓީއޯގެ ބޯޑް އޮފް ޑިރެކްޓަރުންގެ ފަރާތުންނެވެ.
ޝަފާޒް އެމަގާމަށް އައްޔަންކޮށްފައިވަނީ ކުރިން އެމަގާމުގައި ހުރި އަހުމަދު އަމީލް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އަމީލްއަކީ އެލައިޑްގައި 24އަހަރު ވަންދެން ހިދުމަތްކުރައްވާފައިވާ ފަރާާތެކެވެ. ޝަފާޒްވެސް ވަނީ އެލައިޑްގައި އެ މުއްދަތު ވަންދެން މަސައްކަތް ކުރައްވާފައެވެ.
މިއަދަކީ އެލައިޑް އިންޝުއަރެންސްގެ 34 ވަނަ އަހަރީ ދުވަސްކަންވެސް ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް