މާދަމާ ރޭ މާލެ ވަށައިގެން 19 ސަރަހައްދެއްގައި ހަވާ އަރުވާނެ، ހަ މިނެޓަށް ދެމިގެންދާނެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އައު ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލޭގެ ވަށައިގެން ހަވާ އަރުވަން ނިންމައިފި އެވެ.
ރާއްޖޭގައި ހަވާ އަރުވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެ މުއައްސަސާގެ ވިޔަފާރި ކުންފުނި, ސިފްްކޯ އިންނެވެ.

އެމްއެންޑީއެފުން ބުނީ ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އައު ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލޭގެ ވަށައިގެން ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައި ހަވާ އަރުވާނެ އެވެ.

ހަވާ އަރުވާނީ މާދަމާ ރޭ 8:30 ހާއިރު އެވެ. 6 މިނެޓް ވާންދެން ހަވާއަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް