ހެންވޭރު އަދި މައްޗަންގޯޅިއަށް މަޖިލިސް ގޮނޑިއެއް އިތުރުވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލޭގެ ހެންވޭރު އަދި މައްޗަންގޯޅި އަށް، ކޮންމެ އަވަށަކަށް އެއް އިންތިހާބީ ދާާއިރާ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިއަދު ހަވީރު އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާާލޭގެ ހެންވޭރު އަދި މައްޗަންގޯޅިއަށް އިތުރު ދެ ދާއިރާ އިތުރުކުރުން ފިޔަވައި ރާއްޖޭގެ އިންތިހާބީ އެއްވެސް ދާއިރާއެއް ނުވަތަ އިންތަކަކަަށްވެސް ބަދަލު ނުގެންނަން ނިންމާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ނިންމުމާއި ގުޅިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި ދެ އަވަށުން އިތުރު ގޮނޑިއެއް އުފެދި، މެންބަރަކު އިންތިހާބު ކުރަން ޖެހޭނެއެވެ. ދާއިރާާ އިތުރުވާ ގޮތުގެ ތަފްސީލެއް އިލެކްޝަންސްއިން އަދި ހާމަކޮށްފައި ނުވެއެވެ.
އީސީން މިގޮތަށް ނިންމާފައިވާއިރު، ދާދިފަހުން އެކޮމިޝަނާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު ބޭއްވިގެން ދިޔަ ބައްދަލުވުންތަކުގައި މަރަދޫފޭދޫ އާއި މީދޫ އަކީ ވަކި ދެ ދާއިރާގެ ގޮތުގައި ހަމަޖައްސަން ހުށަހަޅާފައިވެއެވެ. އެއީ އެ ދެ ރަށުގެ އާބާދީ ބޮޑުވަމުން ދިޔުމާއި ގުޅިގެން އިދާާރީ ކަންކަން ކުރުމަށް ފަސޭހައަށްޓަކައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް