މިނިވަންދުވަހާއި ގުޅުވައި 4 ދުވަހުގެ ބަންދެއް، ޖުލައި 28 ވެސް ބަންދު
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، 2025 ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ 2025 ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭ ކަމަށެވެ.
ވުމާއެކު، 2025 ޖުލައި 28 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް