ޔުއެފާ ސުޕަކަޕް ތަށި ހޯދުމަށްފަހު ޕީއެސްޖީ... ފޮޓޯ: ސްކައިސްޕޯޓްސް
ޔުއެފާ ސުޕަކަޕް ތަށި ހޯދުމަށްފަހު ޕީއެސްޖީ... ފޮޓޯ: ސްކައިސްޕޯޓްސް
ކުޅިވަރު 13 Aug 2026 | 04:09

އެސްޓަންވިލާ ބަލިކޮށް ޔުއެފާ ސުޕަކަޕް ޕީއެސްޖީން ކާމިޔާބުކޮށްފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ޕީއެސްޖީން އެސްޓަން ވިލާ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔުއެފާ ސުޕަކަޕް ކާމިޔާބުކޮށްފިއެވެ.

ސާލްޒްބާގުގެ ރެޑް ބުލް އެރީނާގައި ކުޅުނު މިމެޗް އެސްޓަންވިލާގެ މައްޗަށް އެޓީމް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ކުވީޗާ ކުވަރަޓެސްޚެލިއާ ވާތްފަރާތުން އެތެރެއަށް ވަދެ ގޯލްކީޕަރު މާކޯ ބިޒޮޓް ކައިރީން ނެއްޓި ފޮނުވައިލި ހަމަލާއިން ޕީއެސްޖީ ލީޑު ނެގިއެވެ. ނަމަވެސް އެސްޓަން ވިލާގެ 17 އަހަރުގެ ބްރެއެން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ސުޕަކަޕް ތާރީހުގައިވެސް ރެކޯޑެކެވެ.

ޕީއެސްޖީން ނެގި ލީޑު ގެއްލުނު ނަމަވެސް  ޑެޒައާ ދޫއެ ވަނީ ލަނޑެއް ޖަހައި ޕީއެސްޖީއަށް ލިޑް ނަގައިދީފައެވެ. މެޗްގައި ވިލާގެ ޓީމުގައި އެންމެ މުހިންމު ކުޅުންތެރިން ކަމަށްވާ އޮލީ ވޮޓެކިންސް އެޒުރީ ކޮންސާ އަދި އެމީލިއާނޯ މާޓީނެޒް ފެނިގެން ގޮސްފައެއް ނުވެއެވެ. ސީނިއާ ކުޅުންތެރިން ނެތް ތަންތަން ފޫބެއްދީ ޒުވާން މެޖޯ އާއި ހެމިންގްސް ފަދަ ކުޅުންތެރީންނެވެ.

ޕީއެސްޖީން ސުޕަކަޕް ހޯދިއިރު، މިއީ އެޓީމް ވަނީ ވިދިވިދިގެން ދެފަހަރަށް ތަށި ހޯދި ޓީމްތަކުގެ ތެރޭގައި ހިމެނިފައެވެ. މި ލިސްޓްގައި ދެން ހިމެނެނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި، އިޓަލީގެ އޭސީމިލާނުެގ އިތުރުން ނެދަލޭންޑްސްގެ އަޔެކްސް އެމްސްޓަރޑަމް އެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...