ޫމަގުތައް އަމާންކުރުމަށް ގޮވާލާ ސިއްހީ ދާއިރާގެ ފަންނުވެެރިން ނުކުމެއްޖެ
މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް އެދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ރޯޑް ޝޯއެއް ބާއްވައިފިއެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން މާލެ އަދި ހުޅުމާލެ ސަރަހައްދުތަކުގައި ބޭއްވި މި ރޯޑްޝޯގައި ވަނީ ގިނައަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެފައެވެ.
މި ރޯޑްޝޯގައި އެފަރާތްތަކުން ވަނީ އެކްސިޑެންޓްގެ ސީންތަކެއް ހެދުމަށްފަހު އާންމުންނަށް ފެންނާނެހެން އެ ސީންތަކުގެ ކައިރީގައި ނަސޭހަތުގެ ބޯޑުތަކެއް ހިފައިގެން ހަރަކާތްތެެރިވެފައެވެ.
މި ހަރަކާތުގެ މަގްސަދަކީ ރައްޔިތުންގެ މެދުގައި މަގުމަތީ ގަވާއިދުތަކަށް އިތުރަށް ހޭލުންތެރިކުރުމަށާއި، މިހާރު ދިމާވާ އެކްސިޑެންޓުތަކުން އާންމުންނަށް ލިބޭ ގެއްލުންތައް ދައްކުވައިދިނުންކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މިފަދަ ކަމަކަށް އިސްނެގީ، އެކްސިޑެންޓް ކަހަލަ ކަމެއް މެދުވެރިވެގެން އަންނަ މީހުންގެ ކެކުޅުންތައް ފެންނަނީ އެ މީހުންނަށް ކަމަށްވާތީ، އެކްސިޑެންޓްތައް ހުއްޓުވައި އާއްމުން މިފަދަ ކަންކަމުން ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމަށް ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް