އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއް މިހާތަނައް ހުށަހަޅާފައެއް ނުވޭ - ސްޕްރީމް ކޯޓް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ކޯޓް މެދުވެރިކޮށް ބާތިލް ކުރުމަށް ރައީސް ޔާމީންއަށް ތާއިދު ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް ކަމަށް އަޑު ފެތުރިފައިފައިވާ މި ދަނޑިވަޅުގައި ސްޕްރީމް ކޯޓައް އިންތިހާބާ ބެހޭއެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް އެކޯޓުން ހަމަކޮށްފިއެވެ.
ރިޔާސީ އިންތިހާބާ ބެހޭގޮތުން މައްސަލަ ހުށަހެޅުމަށް އޮންނަ ކޯޓް ކަމުގައި ވާ ރާއްޖޭގެ ސްޕްރީމް ކޯޓުގެ ސްޕޯކް ޕާސަން ފައިސަލް އާދަމް ވިދާޅުވި ގޮތުގައި މިހާތަނައް އޭގެ އެއްވެސް ކޭހެއް ގެ މައުލޫމާތު ލިބިފައިނުވާކަމަށެވެ. އަދި އިލެކްޝަނާ ބެހެ އެއްވެސް މައްސަލައެއް ފައިލް ކުރެވިފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.
މީ ގެ އިތުރުން ހައި ކޯޓް އަށް ވެސް އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ހައިކޯޓް ގެ ސްޕޯކް ޕާސަން އަމީން ފައިސަލް ވިދާޅުވިއެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް