ވާހަކަ 08 Jun 2026 | 03:49

މަދީނާ ޔުނިވާސިޓީގެ ހޮސްޓެލްގައި އުޅުނު ޖިންނިއެއްގެ ވާހަކަ

މާތް الله ސުބުޙާނަހޫ ވަތަޢާލާ މި ބިންމަތީގައި އިންސާނުންގެ އިތުރުން ޖިންނީންވެސް ވަނީ ޚަލްޤުކުރައްވާފައެވެ. ޖިންނީންނަކީ އުޅޭ އެއްޗެއްކަން ޤުަރުއާނާ ސުންނަތުންވެސް ސާބިތުވެއެވެ.

އިންސާނުންގެ ތެރޭގައި ރަނގަޅު މީހުންނާއި ނުބައި މީހުން، މުސްލިމުންނާއި ކާފިރުން އުޅޭގޮތަށް ޖިންނީންގެ ތެރޭގައިވެސް މުއުމިނު ޖިންނީންނާއި ކާފިރު ޖިންނީން އުޅެއެވެ. އޭގެ ތެރެއިން މުއުމިނު ޖިންނިންނަކީ މާތްاللهއަށް އަޅުކަންކޮށް ނަމާދުކޮށް ޢިލްމު އުނގެނުމުގެ ކަންކަންވެސް ކުރާ ބައެކެވެ. އެފަދަ ކަންކަން ބައެއް މީހުންނަށް ފެނި އެވާހަކަތައް ދޫދޫމަތިންވެސް ދެކެވެއެވެ. މިއީވެސް އެފަދަ ވާހަކައެކެވެ.

މިވާހައަކީ ފަތިސް މީޑިއާގެ ”މަގޭ ސުވާލަކީ“ ސީރީޒްގެ 80 ވަނަ އެޕިސޯޑުގައި ޝެއިޚް މުހައްމަދު އިބްރާހީމް (ޝެއިޚް ނައިފަރީ) ކިޔައިދެއްވާފައިވާ ވާހަކައެެވެ. ޝެއިޚް ނައިފަރީއަށް މިވާހަކަ ކިޔައިދެއްވީ ޝެއިޚް އަބޫބަކުރު އިބްރާހިމް (ޝެއިޚް ބަކުރުބެ)އެވެ.

މަދީނާ ޔުނިވާސިޓީގައި އެ ޔުނިވާސިޓީގެ ދަރިވަރުންނާއެކު އެ ޖިންނިވެސް ކިޔަވަން އުޅުނެވެ. އެ ޖިންނި އެތަނުގައި އުޅުނީ އިންސާނެއްގެ ސިފައިގައެވެ. އެހެންކަމުން އެއީ ޖިންނިއެއްކަންވެސް އެހެން ކުދިންނަށް ނޭނގެއެވެ. އޭތި ދިރިއުޅެމުން ދިޔައީވެސް އެހެން ކުދިންނާއެކު މަދީނާ ޔުނިވާސިޓީގެ ހޮސްޓެލްއެއްގައެވެ. ހޮސްޓެލްގައި އެ ޖިންނި އުޅެމުންދިޔަ ކޮޓަރީގައި އޭތި ނޫން އިތުރު 5 ކުދިންވެސް އުޅުނެވެ. އޭތި ނިދާ އެނދެ ހުންނަނީ ކޮޓަރީގެ އެންމެ އެތެރޭގައެވެ.

އެ ޖިންނި ކޮންމެ ރެއަކުވެސް ނިދާން އަންނަނީ އެހެން ހުރިހާ ކުދިން އޮށޯވެ ނިދުމަށްފަހުގައެވެ. ކޮޓަރިއަށް ވަނުމަށްފަހު ދޮރު ލައްޕަން ވަރަށް ހަނދާންނެތެއެވެ. މަދީނާ އެ ހޮސްޓެލްއަކީވެސް ބުޅަލުގެ އުނދަގޫ ބޮޑު ތަނަކަށްވާއިރު ދޮރު ހުޅުވާފައި ބަހައްޓާނަމަ ކޮޓަރިއަށް ބުޅާ ވަދެއެވެ. އަދި ފިނި މޫސުމުގައި ނަމަ، ކޮޓަރިއަށް ވަރަށް ފިނި ވައިވެސްވަދެއެވެ.

ފިނި މޫސުމުގެ ރެއެއްގައި، އާދައިގެ މަތީން ޖިންނި ކުއްޖާ ދަންވިފަހުން އައިސް، ދޮރުހުޅުވާފައި ކޮޓަރިއަށް ވަދެ އޮށޯވެއްޖެއެވެ. ކޮޓަރީގެ ތެރޭގައި އޭރު އޮތީ ކަނު އަނދިރި ކަމެވެ. ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުން ފނިވައި ވަންނަން ފެށުމުން، ދޮރު ކައިރީގައި އޮތް ކުއްޖަކަށް ފިނިވެގެން އުނދަގޫވާންފެށިއެވެ. އަދި، އެ ޝަކުވާކޮށް ދޮރު ލެއްޕުމަށް އެދުނެވެ.

އެވަގުތު ޙާލަތު ހުރިގޮތުން ޖިންނިވެސް ތެދުވެގެން ދޮރުލެއްޕުމުގެ ބަދަލުގައި އޮށޯވެ އޮވެ އެކަން ކުރުމަށް ނިންމީއެވެ. ފަހަރުގައި އެކަން ކުރީ، ކޮޓަރީގެ ބޮކި ނިއްވާލާފައި ހުރުމުން އެހެން ކުދިންނަށް ނޭނގޭނެ ކަމަށް ހީކޮށް ކަން ވުމީ އެކަށީގެންވާ ކަމެކެވެ. އެގޮތުން، އެފަހަރު ޖިންނި ދޮރުލައްޕާލީ އޭތީގެ ފައި ދޮރާއި ހަމައަށް ދިގުކޮށްލުމަށްފަހުގައެވެ.

ކަން ދިމާކުރި ގޮތުން އެވަގުތު ދޮރު ކައިރީގައި އޮތް ކުއްޖާއަށް ދޮރާދިމާއަށް އައި ޖިންނިގެ ދިގު ފައި ފެނުނެވެ. ފެނުނު މަންޒަރުން، ލިބުނު ސިހުމާއި، ގަތް ބިރުން ހަޅޭލަވައިގަތުމަށްފަހު އެކުއްޖާ ދުވެފައި ކޮޓަރިން ނުކުމެގެން މުޝްރިފް ކޮޓަރިއަށް ދިޔައެވެ. ގޮސް މުޝްރިފް ގާތުގައި އެވާހަކަ ބުނުމުން މުޝްރިފް އައިސް އެ ކޮޓަރި ބެލިއިރު އެތަނުގައި އެ ޖިންނި ކުއްޖާއެއް ނެތެވެ.

އޭރު ޔުނިވާސިޓީގެ ރައީސަކަށް ހުންނެވީ ޝެއިޚް އިބުނު ބާޒެވެ. މިވާހަކަ ޝެއިޚްއާ ހަމައަށް ދިޔުމުން އެކަމާ ހައިރާން ނުވުމަށާ، އިންސާނުން ނޫން ޖިންނީންވެސް ކިޔެވުމަށް އެތަނުގައި އުޅޭނެ ކަމަށް ދެންނެވިކަމަށް ޝެއިޚް ނައިފަރީ ވިދާޅުވިއެވެ.

ޝެއިޚް ނައިފަރީ ވިދާޅުވީ، ޕާކިސްތާނުގައި ކިޔަވަންއުޅުއްވިއިރު، އެކުގައި އުޅުނު ކުއްޖަކަށް މަދީނާ ޔުނިވާސިޓީގައި އުޅުނު އެ ޖިންނީގެ ވާހަކަ ކިޔައިދެއްވި ކަމަށެވެ. އަދި ކިޔައިދެއްވުމުން އެ ކުއްޖާ ”ހިނިގަނޑެއް ޖަހާލުމަށްފަހު، އެރޭގައި އެކަން ހިނގައިދިޔައިރު ޖިންނި އޮތް ކޮޓަރީގައި، އެ ކުއްޖާގެ ބޭބެވެސް އޮތް“ ކަމަށް ބުނި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އެ ވާހަކައިގެ ތެދުކަން އިތުރަށް ސާބިތުވެގެން ދިޔަކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވާހަކަ: ދައްތަގެ ފަހު ވަގުތުކޮޅު
07 Mar 2025 ވާހަކަ

ވާހަކަ: ދައްތަގެ ފަހު ވަގުތުކޮޅު

އޭނާގެ ކޯތާފަތް ވަނީ ހިކި، ވަޅުޖެހިފައެވެ. އަދި ހަންގަނޑު ވަނީ ކަށިތަކާ ތަތްވެ ހިފެހެއްޓިފައެވެ. ނަމަވެސް އެއިން އެއްކަމެއްވެސް އޭނާ ހެޔޮ ޢަމަލު ކުރުމަށް އޮތް ހުރަހަކަށް ނުވިއެވެ. އޭނާ ޤުރުއާން ކިޔަވަ...

ހަގީގީ ވާހަކަ: الله އަށް ވަކީލު ކުރުމުން ހިނދުކޮޅެއްގެ ތެރޭގައި ފަގީރު އާއިލާއެއް ތަނަވަސްވެގެން ދިޔަގޮތް
23 Jun 2023 ހަބަރު

ހަގީގީ ވާހަކަ: الله އަށް ވަކީލު ކުރުމުން ހިނދުކޮޅެއްގެ ތެރޭގައި ފަގީރު އާއިލާއެއް ތަނަވަސްވެގެން ދިޔަގޮތް

އެއްޒަމާނެއްގައި ޙާތިމުލް އަޞަމް ކިޔުނު ވަރަށް ތަގުވާވެރި އަދި ދީންވެރި ބޭފުޅެއް އުޅުއްވިއެވެ. އެކަލޭގެފާނަކީ ދަރިން ގިނަ އެހެން ނަމަވެސް ފަގީރު ބޭފުޅެކެވެ. އެހެންކަމުން، އުމުރުގެ އެ ވީހާތަނަށް އައި އ...

ވާހަކަ: ފާފަ ކުރުމަށް ނަފްސް އިންތިހާއަށް އެދޭކަން ހާމަކުރި މީހަކަށް އިމާމް ދެއްވި ނަސޭހަތް
26 May 2023 ދީން

ވާހަކަ: ފާފަ ކުރުމަށް ނަފްސް އިންތިހާއަށް އެދޭކަން ހާމަކުރި މީހަކަށް އިމާމް ދެއްވި ނަސޭހަތް

ސަލަފުއްޞާލިޙުންގެ ޒަމާނުގައި އިމާމް އިބްރާހީމް އަދްހަމް ނަމަކަށް ކިޔާ ޠަބީޢީ ބޭކަލެއް އުޅުއްވިއެވެ. އެކަލޭގެފާނަކީ ޒުހުދުވެރިކަމާއި، ވަރަޢަވެރި ކަމާއި، ތަޤުވާވެރިކަމުން މަޝްހޫރުވެވަޑައިގެންނެވި ބޭކަލ...

ވާހަކަ: ބާއްޕާއެވެ! الله އަށް ބިރުވެތި ވާށެވެ!
19 May 2023 ހަބަރު

ވާހަކަ: ބާއްޕާއެވެ! الله އަށް ބިރުވެތި ވާށެވެ!

ގަޑިން ރޭގަނޑު ދަންވަރު 1 ޖެހީއެވެ. ރަހުމަތްތެރިންނާއިއެކު ބޭރުގައި މަޖާކޮށް، ވަގުތު ހޭދަކުރުމަށްފަހު ގެއަށް އައިސް އަހަރެން އެނދުމަތީގައި ޖައްސާލީމެވެ. އަރާމުގައި ނިދާލުމުގެ ނިޔަތުގައެވެ. އެހެންނަމަވ...

ޕިއްޒާކިޗަން ކުރު ވާހަކަ: މަންމަ
24 Oct 2022 ވާހަކަ

ޕިއްޒާކިޗަން ކުރު ވާހަކަ: މަންމަ

މަންމައެއްގެ ދަރަޖައަކީ ކިހާ މަތިވެރި ދަރަޖައެއްކަން އިހުސާސްކުރެވެނީ ކިތަން މީހުންނަށް ބާއެެވެ. އެއީ ހަޔާތުގައި ދިމާވާ ކޮންމެ އުފަލަކާއި ހިތާމައެއްގައި ތިމާއާއި އެކު ބައިވެރިވާ މަދަދުދާރެކެވެ. ދުނިޔެ...

ކުރު ވާހަކަ: ކަށިކުނބުރު ޖަންގަލި
23 Oct 2022 ވާހަކަ

ކުރު ވާހަކަ: ކަށިކުނބުރު ޖަންގަލި

ރަށުން އެންމެ މަތީ ގްރޭޑަކަށް ކިޔެވެން އޮތީ ގްރޭޑު ދިހައަކަށެވެ. ނާޝް އަކީ ވިސްނުން ތޫނުފިލި، ކިޔެވުމަށް މަރުދޭ ކުއްޖެކެވެ. ނާޝްއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ފަސް އަންހެން ދަރީންގެ ތެރެއިން އެނ...