މަޖިލިސްް މެންބަަރެއްގެ ފަރިއްކޮޅުން "ކޮންޑޮމެއް" ފެނިއްޖެ
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންދުރުގެ ފަރިއްކޮޅު ބައްލަވަމުންދިޔަ ތަށިން، ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ "ކޮންޑޮމެއް" ކަހަލަ އެއްޗެއް ފެނިއްޖެކަމަށ ބުނެފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "ޖަޒީރާ ނިއުސް" އިން އިން ރިޕޯޓްކުރާ ގޮތުގައި ކޮންޑޮމެއް ކަހަލަ އެއްޗެއް ފެނިފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކެއިން ބައްލަވަމުންދިޔަ ކާތަކެތިންނެވެ.
މި ކޮންޑޮމް އެ މެންބަރުގެ ކަރުގައި އަޅައިގަތްކަމަށްވެއެވެ.
މި މައްސަލަ ފެންމަތިވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެތަަނަށް އައިސް އެކަން ހިނގައިިދިޔަ ގޮތް ބައްލަވާފައެވެ.
ނަަމަވެސް ފަހުން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން މެންބަރު ޝިޔާމް ވަނީ އެއީ ތަރުކާރީ އޮޅާފައިވާ ކްލިންގ ފިލްމެއް ކަމަށާއި އެކަަމަކީ މާބޮޑު މައްސަލައެއް ކަމަށް ދެކިވަޑައި ނުގަންނަވާކަމަށެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް