"ބިބީ" ގެ ޕޯސްޓަރެއް
"ބިބީ" ގެ ޕޯސްޓަރެއް
ހަބަރު 17 Sep 2024 | 03:11

ޑާކްރެއިނުން "ބިބީ"ގެ ޓިކެޓް ވިއްކަން ފަށައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ރާއްޖޭގެ އެއްވަަނަ ޕްރޮޑަކްޝަން ހައުސްކަމަށް މިހާރު ގިނަ ބަޔަކު ގަބޫލުކުރާ ޑާކްރެއިން އެންޓަރޓައިންމެންޓުން އޮލިމްޕަހުގައި އެޅުވުމަށް ތައްޔާރުވަމުން އަންނަ "ބިބީ" ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

ބިބީގެ ޓިކެޓް ވިއްކަން ފަށާފައިވަނީ މިއަދު އެވެ. މިކަމާ ބެހޭގޮތުން ވޮއިސް އާ ވާހަކަދައްކަވަމުން "ބިބީ"ގެ ޕްރޮޑިއުސަރު، މުހައްމަދު އަލީ (މޮގަ) ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ފިލްމުގެ ޓިކެޓް އޮލިމްޕަސް ސިނަމާއިން ލިބެން ހުންނާނޭ ކަމަށެވެ.

ޑާކްރެއިނުން ވަނީ އޮލިމްޕަހަށް ނުގޮސްވެސް ޓިކެޓް ގަނެވޭނޭ އިންތިޒާމް ހަމަޖައްސާފައެވެ. "ބިބީ" ގެ ހޮޓްލައިން ނަމްބަރު 9911229 އަށް ވައިބާ /ވަޓްސްއަޕް މެދުވެރިކޮށް މެސެޖް ކޮށްލުމުން ބޭނުންވާ ޝީޓެއް ޓިކެޓް ނެގުމަށް، އޮންލައިނުކޮށް ޓިކެޓަށް ފައިސާ ދައްކާލެވޭނެއެވެ.

އާއިޝަތު ފުއާދު އަދި މުހައްމަދު އަލީ (މޮގަ) ޕްރޮޑިއުސް ކުރާ "ބިބީ" އަކީ،  ހޮރޯ/ކޮމެޑީ ފިލްމެކެވެ. މި ފިލްމް ލިޔެ ޑައިރެކްޓްކޮށްފައިވަނީ ޝަހުދާ މަހުމޫދެވެ. މިއީ އޭނާގެ ލިޔެ ޑައިރެކެޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ. މި ފިލްމުގެ ޕޯސްޓަރު ޑިޒައިންކޮށްފައިވަނީ ހޫދު އިބްރާހިމެވެ. ޕޯސްޓަރުގެ ލެޓަރިން އަބޯޝަފީއުއެވެ. އަދި ފިލްމުގެ ޓައިޓުލް މިއުޒިކް ތައްޔާރުކޮށްދިނީ ހުސައިން ތައުފީގެވެ.

"ބިބީ" މި ފިލްމުން ބިރުވެރި އަދި ހެއްވާ މަޖާ މަންޒަރުތައް ފެނިގެންދާއިރު، މި ފިލްމަކީ ޑާކްރެއިނުން މީގެ ކުރިން ގެނެސްދީފައިވާ ފިލްމްތަކާ މުޅިން ތަފާތު ފިލްމެކެވެ. ޑާކްރެއިނުން މީގެ ކުރިންވެސް ގެނެސްދީފައިވަނީ މުޅިން ތަފާތު ފިލްމުތަކެކެވެ.

ބިބީ

ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މިހާރު ސިނަމާގައި އެންމެ ނަންހިނގާ އެކްޓަރު ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ފިލްމުން ތަޖުރިބާކާރު ފިލްމީތަރި ޝީލާ ނަޖީބުގެ އިތުރުން އިތުރު ތައާރަފަކަށް ބޭނުންނުވާ، އަހުމަދު ސައީދު، މަލީހާ ރަޒާން ރާމިޒުވެސް ފެނިގެންދާނެއެވެ. އަދި ހާއްސަ ފެނިލުމެއްގެ ގޮތުން ދިވެހި އެތައް ފިލްމަކުން ފެނިގެންދިޔަ ކުޅަދާނަ އެކްޓަރު އިސްމާއީލް ވަޖީހުވެސް މި ފިލްމުން ފެނިގެންދާނެއެވެ.

"ބިބީ" ސިނަމާގައި އެޅުވުމަށް ނިންމާފައިވަނީ އަންނަ އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހުއެވެ. މި ފިލްމް ވެގެންދާނީ ޑާކްރެއިނުން މިއަހަރު ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފިލްމަށެވެ. ޑާކުރެއިނުން މިއަހަރު ގެނެސްދިން ފުރަތަމަ ފިލްމަކީ ތަފާތު ފިލްމެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރި "ފުރޭތަ" އެވެ. މި ފިލްމަށްވެސް ބެލުންތެރިންގެ ވަރަށްބޮޑު މަގްބޫލުކަމެއް ވަނީ ލިބިގެންގޮސްފައެވެ.

އިއްްޔެއަކީ ޑާކްރެއިނުން ރާއްޖޭގެ ސިނަމާގައި ވަކިހިއްޕާލިތާ 18 އަހަރު ފުރުނު ދުވަހެވެ. ދިވެހި ފިލްމީ އިންޑަރސްަޓްރީގައި ޑާކްރައިން ފާހަގަކުރެވިފައިވަނީ، ރާއްޖޭގެ މިހާރު އެއްވަނަ ޕޮރޮޑަކްޝަން ހައުސްގެ ގޮތުގައެވެ. "ބިބީ" އާ ނުލައިވެސް ކުރިއަށް އަދި ޑާކްރެއިނުގެ 7 ފިލްމު ނިކުންނަން އެބައޮތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...