ސްރީ ދޭވީގެ "މަމް" ޗައިނާގައި ރިލީޒް ކުރަނީ
ސްރީދޭވީ ލީޑްރޯލަކުން ފެނިގެންދިޔަ އެންމެ ފަހު ފިލްމް " މަމް ޗައިނާ ގައި ރިލީޒްކުރުމަށް ނިންމައިފިއެވެ.
އެފިލްމު ޗައިނާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުގައެވެ. މިފިލްމު ޗައިނާގައި ރިލީޒްކުރަން އުޅޭކަން އިއުލާން ކޮށްފައިވަނީ ސްރީދޭވީގެ މަރަށް އަހަރު ފުރުނުތާ ދެވަނަ ދުވަހުގައެވެ.
ސްރީދޭވީގެ ފިރިމިހާ ބޯނީ ކަޕޫރު ބުނެފައިވަނީ އެފިލްމަކީ އަވައްޓެރި ގައުމުތަކުގައިވެސް ސްރީދޭވީގެ " މޯސްޓް ރިމެންބާރޑް ލާސްޓް ފިލްމް" އަށް ހަދަން ބޭނުންވާކަމަށެވެ.
އަދި އެފިލްމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ދެއްކި ކަމުގައި ވިޔަސް މަންމައިންގެ އިތުރުން އޯޑިއަންސާއި ވެސް ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ފިލްމެއްކަމަށް ބޯނީ ބުނެފައިވެއެވެ
އެފިލްމުގައި ސްރީދޭވީ ދެއްކި ހުނަރުވެރި އެކްޓިންއަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު، ސްރީދޭވީއަށް ވަނީ އެފިލްމުގައި ދައްކައި ދިން ހުނަރަށް ބެސްޓް އެކްޓްރަސްގެ އެވޯޑް ވެސް ލިބިފައެވެ. އެ އެވޯޑް އޭނާ އަށް ލިބިވަނީ އޭނާ މަރުވުމުގެ ފަހުންނެވެ. އެވޯޑާއި ހަވާލުވެފައިވަނީ އޭނާގެ އާއިލާއިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް