ދިރާގު ދިވެހި ޕްރިމިއަރ ލީގް: މާޒިޔާއިން ގްރީން ސްޓްރީޓްސްގެ މައްޗައް ކުރި ހޯދައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު 4 ލަނޑު 1 ލަނޑުން މާޒިޔާ ކާމިޔާބުކޮށްފިއެވެ.
މާޒިޔާގެ ލަނޑުތައް ޖަހާދީފައިވަނީ ކޮނޭލިއަސް ސްޓެވާޓް އަދި ނާއިޒް ހަސަން (ދާދު) އެވެ. ދާދު ވަނީ މި މެޗުގައި 3 ލަނޑު ޖަހައި ހެޓްރިކެއް ހަދާފައެވެ. މެޗުގެ މޮޅު ކުޅުން ތެރިޔަކަށްވެސް ހޮވިފައިވަނީ އޭނައެވެ.
ގްރީން ސްޓްރީޓްސްގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ މުހައްމަދު ޝައްފާޒެވެ.
މި މޮޅާއެކު މާޒިޔާ ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް