1997 އަހަރުގެ ފަހުން، ޖަނަވަރީ މަހެއްގައި އެންމެ ގިނައިން މަސްކިރުވީ މިދިޔަ މަހު: މިފްކޯ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
1997 އިން ފެށިގެން ޖެނުއަރީ މަހެއްގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް އެންމެ ގިނައިން މަސްކިރީ މިދިޔަ މަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެގޮތުން، މިދިޔަ ޖެނުއަރީ މަހު 8،324 ޓަނުގެ މަސް މިފްކޯ އަށް ކިރުވާފައިވެއެވެ. މިއީ ފާއިތުވި 28 އަހަރުގެ ތެރޭގައި ޖެނުއަރީ މަހެއްގައި މިފްކޯއަށް އެންމެ ގިނައިން މަސް ކިރުވި ފަހަަރުކަން މިފްކޯއިން ފާހަގަކޮށްފައިވެއެވެ.
މިފްކޯއަށް މަސްކިރުވާވަރު އިތުރުވެފައިވާއިރު، މަސްވެރިން މިފްކޯއަށް ކިރާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިންނަށް ވަނީ ފައިސާ ދޫކުރަން ފަށާފަ އެވެ.
މިފްކޯ އިން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުން މިދިޔަ ޖެނުއަރީ މަހު 91 ދޯންޏަކުން ކިރުވި މަހަށް 4.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް