ބްރިޖާއި ހައިވޭގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށަނީ
ސިނަމާލެ ބްރިޖާއި އެ ބްރިޖާއި ހުޅުމާލެ ގުޅުވާލަދޭ ހައިވޭގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ޕްލޭނިންގް މިނިސްޓްރީން ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިގޮތުން މި 97ކެމެރާ ހަރުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. މި މަސައްކަތް ނިންމާލެވޭނެކަމަށް އެ މިނިސްޓްރީން ލަފާކުރަނީ ތިންމަސް ދުވަހުގެ ތެރޭގައެވެ.
މިކަން ކުރުމަށް ހަވާލުކޮށްފައިވަނީ ބިޑަކުން ހޮވުނު ފަރާތަކަށެވެ.
ބްރިޖާއި ހައިވޭގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވަނީ އެތަންތަނުގައި ހިނގާ އެކްސިޑެންްޓްތައް ކުޑަކުރުމުގެ މަގުސަދުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް