ހަވާއީގައި ދުންފަތުގެ އިސްތިއުމާލުކުރެވޭ އުމުރު 100 އަހަރަށް ހަދަނީ
އެމެރިކާގެ ސްޓޭޓެއްކަމުގައިވާ ހަވާއީގައި ދުންފަތުގެ އިސްތިއުމާލުކުރެވޭ އެންމެ މަތީ އުމުރަކަށް 100 އަހަރު ވާނޭފަދަ ގާނޫނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ހަވާއީގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ހިމެނިވަޑައިގަންނަވާ ރިޗަޑް ކްރީގަން ހުށައެޅި މި ބިލްގެ މަގްސަދަކީ އަހަރުތަކަކަށް ބަހާލައިގެން ސިނގިރޭޓު ބޮވޭނެ އެންމެ ދަށް އުމުރަކީ 100 އަހަރަށް ހެދުމެވެ. އެގޮތުން 2023 ވަނަ އަހަރަށް ވާން ވާއިރަށް ހަވާއީގައި ސިނގިރޭޓު ބޮވޭނެ ގާނޫނީ އެންމެ ދަށް އުމުރަކީ 100 އަހަރަށް ހެދިގެންދާނެއެވެ.
މި ބިލްގެ އަމާޒަކީ ހަވާއީ ސިނގިރޭޓުގެ ކިބައިން އެއްކޮށް ސަލާމަތްކުރުންކަމަށް މެޑިކަލް ޑިގްރީއެއްވެސް އޮންނަ ކްރީގަން ވަނީ ބުނެފައެވެ.
ހަވާއީއަކީ މިހާރުވެސް ދުންފަތުގެ އިސްތިއުމާލުކުރުމާއި ދެކޮޅަށް ހަރުކަށި ގާނޫނުތަކެއް އޮންނަ ސްޓޭޓެކެވެ. އެގޮތުން އެތަނުގައި ސިނގިރޭޓު ބޮވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރެވެ. އެމެރިކާގެ އެހެން ގިނަ ސަރަހައްދުތަކުގައި އެއީ 18އަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް