N/A
N/A
ހަބަރު 21 Mar 2019 | 09:32

ރޯދަ އެލަވަންސް ނުދިނުމުން ބަދަލުގެ ގޮތުގައި ބައިލައްކަ އެއްހާ ރުފިޔާ ދޭން ޖެހިއްޖެ

ރޯދަ އެލަވަންސް ނުދީ ވަޒީފާއިން ވަކިކުރި މީހަކަށް ބަދަލުގެ ގޮތުގައި ބައިލައްކަ އެއްހާ ދިނުމަށް އަމިއްލަ ކުންފުންޏެއްގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުކުމްކޮށްފިއެވެ.

ޓްރައިބިއުނަލުން މިއަދު ހުކުމް ކޮށްފައިވަނީ ސ.ހިތަދޫގައި ސެކިއުރިޓީންގެ ޚިދުމަތްދޭ ޝަޒްމީ އިންވަސްޓްމަންޓުގެ މައްޗަށެވެ.

ޝަޒްމީ އިންވެސްޓްމަންޓްގައި ވަޒީފާއަދާ ކުރަމުން ދިޔަ އަހްމަދު ރަޝީދު އެ ކުންފުންޏާއި ދެކޮޅަށް މައްސަލައެއް ޓްރައިބިއުނަލަށް ހުށަހެޅީ ފާއިތުވި ރަމަޟާން މަހުގެ އެލަވަންސް ނުދީ އޭނާ ވަޒީފާއިން ވަކިކުރުމުންނެވެ.

2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ހުށަހެޅި އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި އަހްމަދް ރަޝީދު ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާ ރަމަޟާން މަހުގެ އެލަވަންސް ނުދީގެން އެކަމާއި ގުޅިގެން ޝަކުވާ ކުރުމުންނެވެ.

މިއަދު ޓްރައިބިއުނަލް އިން ކުރި ހުކުމްގައި ވަނީ އަހްމަދު ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވާތީ އޭނާގެ ވަޒީފާ އަނބުރާ ދިނުމަށް ޝަޒްމީ އިންވެސްޓްމަންޓްގެ މައްޗަށް އަމުރުކޮށްފައެވެ.

އަދި އޭގެ އިތުރުން މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ ހަމަޖެހުމާއި ހަމައަށް ވަޒީފާގައި ހުރެގެން އަހްމަދު ރަޝީދަށް ލިބޭނެ ފައިސާ އާއި ފާއިތުވި ރަމަޟާން މަހުގެ އެލަވަންސް ފައިސާ ވެސް ދިނުމަށް ވަނީ އަމުރުކޮށްފައެވެ.

އަހުމަދު ރަޝީދުގެ މަހު މުސާރަ އަކީ 4500 ރުފިޔާއެވެ. އެހެންކަމުން އޭނާ މައްސަލަ ހުށަހެޅި ތާރީޚުން ފެށިގެން މިހާތަނަށް ކޮންމެ މަހަކަށް އޭނާއަށް ދޭން ޖެހެ މުސާރައިގެ ޖުމްލަ އަދަދު ސާޅީސް ހާސް ރުފިޔާ އަށް އަރާނެއެވެ.

ޓްރައިބިއުނަލްގެ ހުކުމްގައި ބުނެފައިވާ ގޮތުން 14 ދުވަހުގެ ތެރޭގައި ހުކުމާއި އެއްގޮތަށް ޝަޒްމީ އިންވަސްޓްމަންޓުން އަމަލުކުރަން ޖެހޭނެއެވެ.

ރަމަޟާން މަހުގެ އެލަވަންސް ނުދިނުމަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެކެވެ. އެހެން ނަމަވެސް މިއީ ރަމަޟާންމަހުގެ އެލަވަންސް އާއި ގުޅުންހުރި މައްސަލައެއްގައި މިހާ ބޮޑު އަދަދެއް ދެއްކުމަށް ވަޒީފާ ދިން ފަރާތެއްގެ މައްޗަށް ހުކުމްކުރި ފުރަތަމަ ފަހަރެެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...