ހަޒާޑް މެންޗެސްޓާއަށް ގެންނަން ބޭނުން: މޮރީނިއޯ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އުމުރުން 27 އަހަރުގެ ޗެލްސީގެ ތަރި އިޑެން ހަޒާޑް މެނެޗެސްޓާ ޔުނައިޓެޑަށް ގެންނަން ބޭނުންވާކަމަށް މޮރީނިއޯ ބުނެފިއެވެ.
ތާރީހު ހެކިދޭ ކަމަކީ ހަޒާޑް މޮޅު ކުޅުމެއް ދައްކާނަމަ އެ ޓީމަކަށް ލީގު ތަށި ލިބޭކަން ކަމަށާއި އެކަންތައް އޭނާ އަދި ކޮންޓޭއަށްވެސް ތަޖުރިބާ ކުރެވިފައިވާ ކަމަށް މޮރީނިއޯ ބުންޏެވެ.
ހަޒާޑު މެންޗެސްޓާ ޔުނައިޓެޑަށް ގެންދަން ކިތަންމެ ބޭނުން ކަމުގައި ވިޔަސް ޗެލްސީއިން އޭނާ ދޫކޮށް ނުލާނެކަން އިނގޭކަމަށާއި ޗެލްސީގައި ހިންގަން ތިބީ ވަރަށް ތަޖުރިބާކާރު އަދި ވިސްނުން ތޫނު ބައެއްކަމަށް މޮރީނިއޯ ބުނެފައިވެއެވެ.
މީޑިއާތަކުގައި ކޮންމެ ވާހަކަތަކެއް ދެކެވުނު ނަމަވެސް އެނާއާއި ހަޒާޑާއި ދޭތެރޭ އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށްވެސް މޮރީނިއޯ ހާމަކޮށްފައިވެއެވެ.
ހަޒާޑުވެސް ވަނީ މޮރީނިއޯއާއެކު މަސައްކަތް ކުރަން ބޭނުންވާކަމަށް ނިމިދިޔަ ހަފްތާގެ ތެރޭގައި ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް