އެޓްލެޓިކް ބިލްބާއޯއިން ޗެންޕިއަން ބާސެލޯނާ ހިފަހައްޓައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސްޕެނިޝް ލަ ލީގާގައި ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެޓްލެޓިކް ބިލްބާއޯއާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. މި މެޗުން އެއްވަރު ވުމާއި ގުޅިގެން ބާސެލޯނާ ލީގުގައި މޮޅުނުވާތާ ތިން މެޗު ހަމަވީއެވެ.
ޑެ މާކޮސްގެ ގޯލުން ބިލްބާއޯވަނީ 41 ވަނަ މިނެޓުގައި މެޗުގެ ކުރި ހޯދާފައެވެ.
ބާސެލޯނާގެ ތަރި މެސީ މި މެޗުގައި ފެނިގެންދިޔައީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ. ދެވަނަ ހާފުގައި ކުޅެން ނުކުމެ މެސީ ވަނީ ނުރައްކާތެރި ހަމަލާތަކެއް ބިލްބާއޯގެ ގޯލާއި އަމާޒުކޮށްފައެވެ. ބާސެލޯނާއަށް އެއްވަރުކޮށްދިން ލަނޑު ޖަހާފައިވަނީ މެޗުގެ 84 ވަނަ މިނެޓުގައި މެސީގެ ހުރަހަކުން މުނީރް އެލް ހެދާދީއެވެ.
ބާސެލޯނާ އެންމެ ފަހުން ލީގުގައި ކުޅުން ތިން މެޗުން ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް