އެޗްޑީސީ ގެ ހާއްސަ އޮޑިޓެއް އޮޑިޓާރ ޖެނެރަލް އޮފީހުން ހަދަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް ޔާމީންގެ ކެމްޕޭނަށް ގާނޫނާ ހިލާފަށް ފައިސާ ހަރަދު ކޮށްފައިވާ ވާކަމުގެެ މައްސަލައެއް އޮޑިޓް އޮފީހަށް ހުށައެޅިފައިވާތީ އެޗްޑީސީގެ ހާއްސަ އޮޑިޓް ރިޕޯޓެއް ހެދުމަށް ނިންމާފައިފިއެވެ.
އޮޑިޓް އޮފީހުންވަނީ އެޗްޑީސީގެ އޮޑިޓް ރިޕޯޓެއް ހެދުމަށް ނިންމާފައިވާކަން ވަނީ ޔަގީން ކޮށްދީފައެވެ. އެ އޮފީހުން ބުނީ އެޗްޑީސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން އޮޑިޓް އޮފީހަށާއި އޭސީސީ އަށް ޕެޓިޝަނެއް ހުށަހަޅާފައިވާކަމަށެވެެ.
އެޗްޑީސީ ގެ ހާއްސަ އޮޑިޓެއް ހެދުމަށް ތައްޔާރުވެފައި ވާކަމަށް ބުނެފައި ވީނަމަވެސް އެއްވެސް އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައެށް ނުވެއެވެ.
އޮޑިޓާރ ޖެނެރަލް އޮފީހުން އިތުރަށް ބުނެފައިވަނީ އެޗްޑީސީގެ އޮޑިޓް ރިޕޯޓް ތައްޔާރުކުރުމަށްޓަކާ ހާއްސަ ޓީމެއްް އެކުލެވިފައިވާކަމަށެވެ.
މިހާރު ކުރިޔަށް ދަނީ އޮޑިޓް ރިޕޯޓް ހެދުމުގެ ގޮތުން ކުރިއަށް ގެންދާާ މަސައްކަތް ކަމަށް އޮޑިޓާރ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް