N/A
N/A
ހަބަރު 30 Jan 2019 | 04:56

ދިވެހި ރާއްޖެއާ މެދު ދޮގު ވާހަކަތަކެއް ލިޔުމުން އިޓަލީވިލާތުގެ ލިޔުންތެރިއެއް ހޫނުފެނަށް!

2017 ވަނަ އަަހަރު ދިވެހި ރާއްޖެއާ މެދު އިޓަލީގެ ލިޔުންތެރިއެއް ކަމަށްވާ ފްރެންސެސްކާ ބޮއްރީ ޝާޢިރުކޮށްފައިވާ ފޮތަކާމެދު މިއަދު މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

"ޑެސްޓިނޭޝަން ޕެރަޑައިސް: އަމޮންގް ދަ ޖިހާދިސްޓްސް އޮފް މޯލްޑިވްސް" ނަމަކަށް ކިޔާ މި ފޮތުގައި ދިވެހި މުޖުތަމަޢުއާއި ސަޤާފަތް ސިފަކޮށްދީފައިވަނީ މުޅިން ނުބައިކޮށް ކަމަށް ބުނެ ޓްވިޓާރގައި ޙަރަކާތްތެރިވާ ދިވެހިން އިއްޔެއިން ފެށިގެން ދަނީ ޚިޔާލުފާޅުކުރަމުންނެވެ.

ދިވެހިން ފްރެންސެސްކާގެ ލިޔުމުން ބައިތައް ހިމެނޭގޮތަށް ޓްވީޓްތަކުން އޭނާއަށް ރައްދުދެމުންދާއިރު، ބައެއް މީހުން ވަނީ ފްރެންސެސްކާ އަށް ހަޤީގީ ދިވެހި ރާއްޖެ ދައްކައިދިނުމުގެ މަސައްކަތްކުރަން ތައްޔާރުކަމަށްވެސް ބުނެފައެވެ.

ފްރެންސެސްކާގެ ފޮތުގެ ބޭރުގަނޑުންވެސް އޭނާއަށް ދިވެހި ރާއްޖެ ފަހުމުވެފައިވަނީ އެންމެ ރަނގަޅަކަށް ނޫންކަން ހާމަވެގެންދެއެވެ. އަދި ފޮތުގެ އެތެރޭގައި އޭނާ ލިޔެފައިހުރި ބައެއް ވާހަކަތަށް އެއީ ދިވެހި މުޖުތަމަޢުއެއްގައި ބޮޑުވި މީހަކަށް ޤަބޫލުކުރެވޭނެފަދަ ވާހަކަތަކެއްވެސް ނޫނެވެ.

ފްރެންސެސްކާގެ ލިޔުމާއި ދިވެހި ހަޤީގަތާއިމެދު ހުރި ފަރަޤު ފެނިފައި ގިނަ ބަޔަކު ދަނީ އޭނާގެ ލިޔުމަކީ ޚިޔާލީ ލިޔުމެއްކަމަށް ބުނެ އޭނާއަށް ފާޑުކިޔަމުންނެވެ.

ފްރެންސެސްކާގެ މި ފޮތަށް ރިޢާޔަތްކުރާނަމަ ދިވެހިންނަކީ ޖާހިލިއްޔަ ޒަމާނުން އަރައިގެން ބައެއްހެން ހިޔެއްނުވެއެވެ. އަދި ދިވެހިންނަކީ އަލް-ޤައިދާ ފަދަ އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ ހަނގުރާމަވެރި ފަރާތްތަކަށް ތާޢީދުކުރާބައެކެވެ.

އައި ފޯނެއް ފެނިގެން ހައިރާންވާފަދަ ބައެއްގެ ގޮތުގައި ފްރެންސެސްކާ ދިވެހިން ސިފަކޮށްފައިވާއިރު، އޭނާ އަސްލުވެސް ޒިޔާރަތްކުރީ މާލެ ސިޓީއަށްތޯ ގިނަމީހުން ދަނީ މީސްމީޑިޔާގައި ސުވާލު އުފައްދަމުންނެވެ.

ދިވެހި ބައެއް ނަން މަޝްހޫރު ސިޔާސީ ފަރާތްތަކެއްގެ ބަސްވެސް މި ފޮތުގައި ހިމެނިގެންދާއިރު، އެ ފަރާތްތަކުގެ ޢިލްމީ ވާހަކައާއި ފްރެންސެސްކާގެ ލިޔުމުގައި އޭނާ ޚިޔާރުކުރި ނެރެޓިވް ނުގުޅޭކަންވެސް ފާހަގަކުރެވެއެވެ.

ޓްވިޓާރގައި ޚިޔާލުފާޅުކުރަމުންދާ ފަރާތްތަކުން ބުނާ ގޮތުގައި، ދުނިޔޭގެ އެކި ހިސާބުތަކުގައި ޙަރަކާތްތެރިވަ އަލް-ޤައިދާ އަދި އައިސިސް ފަދަ ހަރުކަށި ފިކުރުގެ މަދު ބަޔަކު ދިވެހިންގެ ތެރޭ އުޅުނެއްކަމަކު، އެ ކުށް މުޅި ދިވެހި މުޖުތަމަޢުގެ ބޮލުގައި އެޅެންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި އެފަދަ ޖަމާޢަތަކުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ ދިވެހިން ޒިންމާވާކަށްވެސް ނުޖެހޭނެއެވެ.

މާލެ ސިޓީގައި ފޮތް ފިހާރައެއް ނެތްކަމަށް ތުހުމަތުކޮށް ފްރެންސެސްކާ ލިޔުނު މި ފޮތުގައި، ދިވެހިންނަކީ މުޅި ދުނިޔޭގައިވެސް އަމިއްލަ ސަޤާފީ ކެއުމުގެ ބައެއް ނޯންނަ ހަމައެކަނި ޤައުމުކަމަށް ޤަބޫލުކުރެވޭކަމަށްވެސް އޭނާ ވަނީ ލިޔެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...