ހޯރަފުށީގައި އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމައިފި
ހއ.ހޯރަފުށީގައި ރީޖަނަލް އެއަރޕޯޓެއް އަޅަން ސަރުކާރުން ނިންމައިފިއެވެ.
އެމްޓީސީސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މީގެ ކުރިން ހޯރަފުއްޓާއި އެއްފަޅެއްގައި އޮންނަ މާފިނޮޅުގައި ތަރައްގީކުރަން ނިންމި އެއަރޕޯޓް، ހޯރަފުށީގައި އެޅުމަށް ނިންމާފައިވާކަމަށެވެ.
މިގޮތަށް އަމަލުކުރަން ނިންމީ ރީތިކޮށް އޮންނަ ފަޅު ރަށްރަށުގައި އެއާޕޯޓު އެޅުން ފަދަ މަޝްރޫއުތައް ނުހިންގުމަށް ސަރުކާރުން ބޭނުންވާތީކަމަށް ޝާހު ވިދާޅުވިއެވެ.
"ހޯރަފުއްޓަކީ މިހާރުވެސް ބިން އޮތް ރަށަކަށްވާތީ، އެގްޒިސްޓިިން ލޭންޑެއް ވީމާ، އެތަން ހިއްކައިގެން އެތަން ބޮޑުކޮށްގެން އެތަނުގައި އެއާޕޯޓު އަޅާގޮތަށް މިހާރު އޮތީ"، އެބޭފުޅާ ފާހަގަކުރެއްވިއެވެ.
އެމްޓީސީސީން މިހާރުވެސް ދެ އެއާޕޯޓަކަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތްކުރަމުން އެބަދެއެވެ. އެއީ ފުނަދޫ އަދި މާވާރުލު އެއާޕޯޓުގެ މަސައްކަތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް