ކަނޑު މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.3 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި
ކަނޑު މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.3 ކިލޯގްރާމްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، މިތަކެތި އަތުލައިގެންފައި ވަނީ، އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ފުލުހުންނާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މަސްތުވާތަކެތި އަތުލައިގަތީ ރާއްޖެއަށް އެތެރެކުރަން ގެނެސްފައިވާ މުދާހުރި ކޮންޓެއިނަރެއްގެ ތެރެއިންކަމަށާއި، މިތަކެތި އަތުލައިގަތީ މާލޭ ކޮމަރޝަލް ހަރބަރއިންކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި އޮޕަރޭޝަނުން ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ، 2282 ގްރާމް ކެނެބިސް އާއި 1038 ގްރާމް ކެތިނޯންއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް