ސްޓެލްކޯގެ އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ސްޓެލްކޯ އިންޖީނު ރޫމު ތެރޭގައި ހުރި މައި އިންޖީނެއްގެ ދުން ހޮޅީގައި އަލިފާން ރޯވެގެން މިއަދު ހެނދުނު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސިފައިން ހަރަކާތްތެރި ވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނެފައިވާގޮތުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:19 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 06:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތުދީފައި ވެއެވެ.
ސްޓެލްކޯއިން ބުނާގޮތުން މި ހާދިސާގެ ސަބަބުން އެތަނުގެ ހިދުމަތް މެދުކެނޑޭހާ ގެއްލުމެއް ނުލިބެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް