ލޯ ފެކަލްޓީ ހިންގާ އިމާރާތުގައި އަންނަ އަހަރު އާ ސްކޫލެއް ހުޅުވަނީ
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ލޯ ފެކަލްޓީ ހިންގާ އިމާރާތްކަމުގައިވާ ކުރީގެ އެމްއީއެސްގައި އަންނަ ދިރާސީ އާ އަހަރުގައި އާ ސްކޫލެއް ހިންގުމަށް ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭ ސިޓީގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އަންނަ އަހަރު އިއްޒުއްދީން ސްކޫލްގެ ނަމުގައި އާ ސްކޫލެއް ހުޅުވުމަށް ނިންމާފައިވާކަމަށެވެ.
މި ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ މާލޭ އިންގްލިޝް ސްކޫލް ކުރިން ހިންގި އިމާރާތުގައިކަމަށް ވަނީ މިނިސްޓްރީން ބުނެފައެވެ. މިއީ އެއް ދަންފަޅިއަކަށް ގްރޭޑް 1-10 އަށް ކިޔަވައިދޭނެ ސްކޫލެކެވެ. ނަމަވެސް އަންނަ އަހަރު މި ސްކޫލްގައި ކިޔަވައިދޭނީ ގްރޭޑް 1-6 އަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އިއްޒުއްދީން ސްކޫލަށް ކުދިން ވެއްދުމުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލަކީ ގްރޭޑުން 2-6އަށް ދަރިވަރުން ވައްދަން ބޭނުންވާާ ފަރާތްތަކަށް ސިޓީ ލައިގެން ފުރުސަތު ދިނުމެވެ.
މި ކުދިންނަށް ޖާގަދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ތަރުތީބުންނެވެ.
ފޮޓޯ: ސަން
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް