އިންފަންޓީނޯ.. ފޮޓޯ؛ ގެޓީ އިމޭޖް
އިންފަންޓީނޯ.. ފޮޓޯ؛ ގެޓީ އިމޭޖް
ކުޅިވަރު 03 Aug 2026 | 12:01

ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިޔަފާރިތަކަށް ވިއްކާލަން އުޅުނު މައްސަލައަާ ގުޅިގެން ޔުއެފާގެ ވަރުގަދަ އިންޒާރެއް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ދީފިއެވެ.

މި މައްސަލައާ ގުޅިގެން ޔުއެފާއިން ވަނީ އިންފަންޓީނޯއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމާއި އާބިޓްރޭޝަނާ މެދު ވިސްނަމުންދާ ކަމަށް ބުނެ ސިޓީއެއް ފޮނުވާފައެވެ. އަދި މިކަމުގައި މިހާތަނަށް ކުރެވުނު ހުރިހާ މުއާމަލާތްތަކަކަށް ރައްކާތެރިވުމަށް ޔުއެފާއިން ވަނީ ބުނެފައެވެ. އެގޮތުްނ ފީފާގެ މުއާމަލާތްތައް ވިޔަފާރިތަކަށް ވިއްކާލުމަށް ކުރެވިގެންދިޔަ އެންމެހާ މުއާމަލާތްތައް ރައްކާތެރިކަމާއެކު ބެހެއްޓުމަށް ޔުއެފާއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި މެއިލްތަކާއި، ވަތްސްއަޕް އަދި ސިގްނަލް މެދުވެރިކޮށް ފޮނުވި މެސެޖްތައް ހިމެނެއެވެ.

އިންފަންޓީނޯ އާއި ފީފާ އިން ރާވާފައި އޮތީ ވޯލްޑް ކަޕް ހިމެނޭ ގޮތުން ފީފާގެ ބޮޑެތި މުބާރާތްތައް ހިންގުމަށް ވިޔަފާރީ ސަބްސިޑިއަރީ ކުންފުންޏެއް އުފައްދައި "ފީފާ ފޯވާޑް އެންޓާޕްރައިޒް" (އެފްއެފްއީ) ގެ ނަމުގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާ ބޭރު ފަރާތްތަކަށް ވިއްކާލުމެވެ. އެ އިންވެސްޓާ ގްރޫޕުގެ އިސް ބައިވެރިއަކީ ޖޮޝުއާ ކުޝްނާ އުފެއްދި "ތްރައިވް އެޓާނަލް" ކިޔާ އެމެރިކާގެ ވެންޗާ ކެޕިޓަލް ކުންފުންޏެކެވެ. ޖޮޝުއާ ކުޝްނާ އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޅީދަރި ޖެރެޑް ކުޝްނާގެ ކޮއްކޮއެވެ.

މި މައްސަލަ ހޫނުވެފައިވާއިރު، ގިނަ ޤައުމުތަކެއްގެ ފުޓްބޯޅައާ ބެހޭ އިދާރާތަކުން މިހާރު ގެންދަނީ އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންދަމުންނެވެ. އެގޮތުން އެންމެފަހުން ވޭލްސްއިްނ ވަނީ އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންދިޔަކަން ހާމަކޮށްފައެވެ. ވޭލްސްގެ އެ ނިންމުމަށް އިނގިރޭސި އެފްއޭއިންވެސް ތަދައްހުލްވާން އުޅޭކަމަށް އިނގިރޭސި ނޫސްތަކުން ވަނީ ބުނެފައެވެ.

މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ގެންދަވަނީ އެފްރިކާ، އޭޝިއާ އަދި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުގެ އެހީތެރިކަމާއެކު އޭނާގެ މަގާމު ދިފާއުކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

މި ދަނޑިވަޅުގައި އޭނާ މަގާމުގައި ދެމިހުރި ކަމުގައި ވިޔަސް، އަންނަ މާރިޗު މަހު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރިޔާސީ އިންތިޚާބުގައި އޭނާއާ ވާދަކުރާނެ ކެންޑިޑޭޓަކު ނިކުންނާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...