ތެލެސީމިއާ ކުދީންނަށް އަންނަ އަަހަރުން ފެށިގެން އެލަވަންސް، 11 މިލިއަން ބަޖެޓްގައި ހިމަނައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ތެލެސީމިއާ ކުދީންނަށް އަންނަ އަަހަރުން ފެށިގެން އެލަވަންސް ދެއްވަން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
ހައްދުންމަތީ ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ތެލެސީމިއާ ކުދީންނަށް އެލަވަންސް ދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ އަންނަ އަހަރު އެ އެލަވަންސް ދެއްވަން ފައްޓަވާނެ ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި އެކަމަށް 11.7 މިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށް ވިދާޅުވި އެވެ. އެއީ ކޮންމެ ކުއްޖަކަށް / މީހަކަށް މަހަކު 1,000 ރުފިޔާ އެެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު ތެލެސީމިއާ އާބާދީއަކީ 982 އެކެވެ.
ރައީސް ވިދާޅުވީ މިހާރު ލިބޭ ފަރުވާއާއެކު މި އެލަވަންސް ތައާރަފުކުރުމުން ތެލެސީމިއާ ކުދީންނާއި މީހުންގެ އާއިލާތަކަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް