ކޮސޯވޯގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
ކޮސޯވޯގެ 16 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ކޮސޯވޯގެ ރައީސް ވިޔޯސާ އޮސްމާނީއަށާއި ބޮޑުވަޒީރު އަލްބީން ކުރްތީއަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.
މިދެބޭފުޅުންނަށް ވަކިވަކިން ރައީސް ޑރމުހައްމަދު މުއިއްޒު ފޮނުއްވި މެސެޖުގައި، ވަނީ ކޮސޯވޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ މެސެޖުވެސް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކޮސޯވޯގެ ރައީސަށާއި ބޮޑުވަޒީރަށް، ދުޅަހެޔޮ ޞިއްޙަތާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވައި، ކޮސޯވޯގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް