އައްޑޫ ސިޓީއަށް ދާއިރާއެއް އިތުރުނުުކުރެވޭނެ: އީސީ ޝަރީފް
އައްޑޫ ސިޓީއަށް އިންތިޚާބީ ދާއިރާއެއް އިތުރުކުރުމަށް ހައިކޯޓަށް މައްސަލަ ހުށައަޅާފައިވީކަމުގައިވިޔަސް، އެކަން ކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ އައްޑޫސިޓީގެ އިންތިޚާބީ ދާއިރާތައް އިތުރުކުރުމަށް ހައިކޯޓަށް ހުށަހަޅަފައިވާ މައްސަލައަކީ މިހާރު އޮތް އިންތިޚާބީ ގާނޫނު ތަކާއި ތައާރުޒުވާ މައްސަލައެއް ކަމަށެވެ.
އެގޮތުން މަރަދޫފޭދޫއާއި މީދޫ މިހާރު އެއްދާއިރާއެއްގައި އޮތްނަމަވެސް މަރަދޫފޭދޫއާއި މީދޫ ވަކިދާއިރާތަކަކަށް ހެދުމަށް ކޯޓަށް މައްސަަލަ ހުށައަޅާފައިވާކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނީގޮތުންބަލާއިރު އާބާދީ ހަމަނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.
އަދި އެއީ އެއްވެސް ޤާނޫނީ ހުއްޖަތެއް އޮތްކަމެއް ނޫންކަމުގައި ޝަރީފް ވަނީ ބަޔާންކުރައްވާފައެވެ.
މަޝްހޫރު ޤާނޫނީ ވަކީލުންކަމުގައިވާ ހުސްނުއްސުޢޫދާއި މަރިޔަމް ޝުނާނާ ވަނީ މަރަދޫފޭދޫ ވަކި ދާއިރާއެއް ގެގޮތުގައި ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށައަޅާފައެވެ. އަދި އެ މައްސަލަ ނިމެންދެން އައްޑޫގައި އިންތިޚާބު ބޭއްވުން މަޑުޖައްސާލުމަށްވެސް ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް