ތޫފާނު ޔާގީ ސަބަބުން ވިއެޓްނާމް ބްރިޖެއް ވެއްޓިއްޖެ
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ތޫފާނު ޔާގީ ސަބަބުން ވިއެޓްނާމްގެ އުތުރުގައި އޮތް ބިޒީ ބްރިޖެއް މިދިޔަ ހޮނިހިރު ދުވަހު ވެއްޓި 60 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.
ޑޭޝްކެމް ފުޓޭޖުން ފެންނަ ގޮތުގައި ފު ތޯ ޕްރޮވިންސްގެ ފޮންގް ޗައު ބްރިޖް ވެއްޓި މިދިޔަ ހޯމަ ދުވަހު އެތައް ވެހިކަލްތަކެއް ކޯރަށް ވެއްޓުނެވެ. އަދި 13 މީހަކު ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ވިއެޓްނާމަށް އެރި އެންމެ ބާރުގަދަ ތޫފާނުގެ ސަބަބުން އެ ގައުމުގެ އުތުރުގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، 1.5 މިލިއަން މީހުންނަ ދިރިއުޅޭ ސަރަހައްދުތަކުން ވަނީ ކަރަންޓު ކެންޑިފައެވެ.
މިހާރު ޓްރޮޕިކަލް ޑިޕްރެޝަނަކަށް ބަލިކަށިވެފައިވީ ނަމަވެސް، ހުޅަނގަށް ދަތުރުކުރާ ވަރަކަށް ޔާގީ އަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް