ސުޕްރީމް ކޯޓު ހިންގުން ޑރ.އަޒްމިރަލްދާއާއި ހަވާލުކޮށްފި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގުން ޑރ.އަޒްމިރަލްދާ ޒާހިރާއި ހަވާލުކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޯޓު ހިންގުން އެކަމަނާއާއި ހަވާލުކުރެއްވުމަށް ނިންމެވީ އެކޯޓު ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔަރކުރެއްވުމަށް ފަހުގައެވެ. އަރީފް މަގާމުން ރިޓަޔަރ ކުރެއްވުމަށް އެދިފައިވަނީ ސިއްހީ ހާލަތު ހުރިގޮތުން އަމިއްލަފުޅަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، އަންހެން ފަނޑިޔާރެއްގެ ބެލުމުގެ ދަށުން ހިންގޭ ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން އެކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަކިކުރުމަށްވެސް ވަނީ ނިންމާފައެވެ.
އެބޭފުޅާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމާފައިވަނީ ޖޭއެސްސީން ބެލި ސުލޫކީ މައްސަލައެއްގެ ދަށުންނެވެ. މިއާއި އެކު 60 ދުވަހުގެ މުއްދަތަކަށް ފަނޑިޔާާރު ޣަނީއަށް މަސައްކަތަށް ނުނިކުމެވޭނެކަމަށްވެސް ވަނީ ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް