ގެއްލިގެން ހޯދަމުންދިޔަ ޝައުނާ ނިޔާވެފައި އޮއްވާ ފެނިއްޖެ
ހެންވޭރު އަަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ ތ.ބުރުންޏަށް ނިސްބަތްވާ 46 އަހަރުގެ އައިޝަތު ޝައުނާ ނިޔާވެއްޖެެއެވެ.
އޭޑީކޭ ހޮސްޕިޓަލް ސަރަހައްދުގައި ހުރި ވޮއިސްގެ ނޫސްވެރިޔަކު ބުނީ ފިހިފައިވާ މީހެއްގެ ހަށިގަނޑު އޭޑީކޭ ހޮސްޕިޓަލަށް ގެންދެެވިފައިވާ ކަމަށެވެ.
ފުލުހުން ވަނީ މި ހަށިގަނޑަކީ ޝައުނާގެ ހަށިގަނޑުކަން ޔަގީންކޮށްދީފައެވެ.
ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށާއި، މައުލޫމާތު ހިއްސާ ކުރެވެން އޮތް މިންވަރަކުން ހިއްސާ ކުރަމުންދާނެކަމަށް ބުނެފައެވެ.
މިރޭ ނިޔާވި ޝައުނާއަކީ މީގެ ކުރިން ދަރުމަވަންތަ ސްކޫލުގައި ގުރުއާން ޓީޗަރެއްގެ މަގާމު އަދާކުރަމުންދިޔަ ފަރާތެއްކަމަށް އެސްކޫލުން މައުލޫމާތުދެއެވެ.
ޝައުނާއަކީ ދެކުދިންގެ މަންމައެކެވެ،
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް