ހިޒްބު ﷲ އިން އިސްރާއީލަށް ދިން ހަމަލާގައި ރޯވެ އަންދަނީ
ހިޒްބު ﷲ އިން އިސްރާއީލަށް ދިން ހަމަލާގައި ރޯވެ އަންދަނީ
ދުނިޔެ 25 Aug 2024 | 07:24

ހިޒްބުﷲ ގެ އިސް ކޮމާންޑަރު މަރާލުމުން އެކަމުގެ ބަދަލު ހިފުމަށް އިސްރާއީލަށް މިސައިލްތަކެއް ފޮނުވާލައިފި

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ގުދުސް/ބެއިރޫތު (އޮގަސްޓް 25) - މިދިޔަ މަހު ބެއިރޫތުގައި ހިޒްބުﷲ ގެ އިސް ކޮމާންޑަރަކު އަވަހާރަކޮށްލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ހިޒްބުالله އިން އިޒްރޭލާ ދެކޮޅަށް އެތައް ސަތޭކަ ރޮކެޓާއި ޑްރޯން ތަކެއް ފޮނުވާލާފައިވާ ކަމަށްހިޒްބު ﷲ އިން ބުނެފި އެވެ.

އިސްރާއީލުގެ ޖެޓްތައް ލުބުނާނަށް އާދިއްތަދުވަހު ހަމަލާތައް ދީފައިވަނީ ހިޒްބުالله އިން މިސައިލް ބެރޭޖް ފަށަން ތައްޔާރުވަމުންދާކަމަށް އަސްކަރިއްޔާއިން އެސެސްކުރަމުން ދަނިކޮށް ކަމަށް އިސްރާއީލުންވަނީ ބުނެފައެވެ.

ހިޒްބުالله އިން ބުނީ އިޒްރޭލަށް 320 އަށް ވުރެ ގިނަ ކަޓިއުޝާ ރޮކެޓް ފޮނުވާލާފައިވާ ކަމަށާއި އަސްކަރީ 11 އަމާޒަކަށް ހަމަލާ ދީފައިވާ ކަމަށެވެ.

ބެއިރޫތުގައި ސީނިއާ ކޮމާންޑަރެއް ކަމަށްވާ ފުއާދު ޝުކްރު އަވަހާރަކޮށްލުމާ ގުޅިގެން ދޭ ރައްދުގެ "ފުރަތަމަ މަރުހަލާ" ނިމިފައިވާ ކަމަށާއި ނަމަވެސް ފުރިހަމަ ރައްދު "ވަގުތު ނަގާނެ" ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސްއަށް މިދިޔަ މަހު ހިޒްބު ﷲ އިންދިން މިސައިލް ހަމަލާއެއްގައި 12 ޒުވާނުން މަރުވުމާގުޅިގެން، އިޒްރޭލުގެ އަސްކަރިއްޔާއިން ރައްދުގައި ބެއިރޫތުގައި ޝުކްރު އަވަހާރަކޮށްލުމާ ގުޅިގެން ދެ ފަރާތުގެ މެދުގައި ދަނީ ހަމަނުޖެހުން އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް