ބަޤާވާތުގެ ބައިވެރިން ޖަވާބް ދާރީ ކުރެވެންދެން ރައްޔިތުންލާ ވޯޓަކަށް އެސްސީ އިހްތިރާމްނުކުރާނެ: ޑރ ޝަހީދު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
7 ފެބްރުއަރީ ގެ ބަގާވާތުގެ ބައިވެރިން ޖަވާބްދާރީ ކުރެވެންދެން ރައްޔިތުންލާ ވޯޓް އަކަށް ސުޕްރީމް ކޯޓުންް އިހްތިރާމް ނުކުރާނެކަމަށް ޑރ ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީދު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ކުރެއްވި ޓްވީޓެއގައެވެ.
މިއަދު މެންދުރު ފަހު ވަނީ ރައީސް ޔާމިން ހުށައަޅުއްވާ ފައިވާ އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެއެވެ. ނަމަވެސް މިމައްސަލައިގެ ހުކުމެއް އަދި ސުޕްރީމް ކޯޓުން އިއްވާފައެއް ނުވެއެވެ.
މިފަހުން މިވަނީ އިއްތިހާދުގެ އިސްވެރިންނާއި އެމްޑީޕީ ރައީސް ނަޝީދުގެ ސަރުކާރުގެ އިސްކޮށް އުޅުއްވި ބޭފުޅުނާއި އެކްޓިވިސްޓުން ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ދުވަސް ކޮޅެކެވެ. އަދި އާސަރުކާތުގެ މަޤާމުތައް ބެހުމުގައި އެމްޑީޕީއާއި އިދިކޮޅާއި ހިޔާލު ތަފާތުވެފައިވާކަމަށް ވެސް އަޑު ދަނީ ފެތުރެމުންނެވެ.
ޑރ ޝަހީދު އަކީ ރައީސް ނަޝީދުގެ ދައުރުގައި ފޮރިން މިނިސްޓަރ ކަން ފުރުއްވާފައިވާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް