މުސްތަފާގެ ބަންދުގެ މުއްދަތަށް ދިހަ ދުވަސް ޖަހައިފި
މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް، އަޙުމަދު މުސްތަފާ މުޙައްމަދުގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފިއެވެ.
މުސްތަފާގެ ބަންދުގެ މުއްދަތު މިއަދު އިތުރުުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަކުންނެވެ.
މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ މުސްތަފާ ހައްޔަރުކުރެވުނީ ފަތުރުވެރިކަމަށް ރަށެއް ދޫކުރުމުގައި ރިޝްވަތު ހިފުމުގެ މައްސަލައެއްގައިކަމަށެވެ. މީގެ އިތުރުން މަގާމުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ހެކީންނަށް ނުފޫޒު ފޯރުވަައި ބިރުދައްކަމުންދާ ކަމަށްވެސް މުސްތަފާގެ މައްޗަށް ވަނީ ތުހުމަތުުކުރެވިފައެވެ.
މުސްތަފާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެކެވެ. އަދި އޭނާއަކީ މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރ އޯގަނައިޒޭޝަންގެ ރައީސްވެސް މެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް