ރެއާލް މެޑްރިޑުގެ ކޯޗުކަމުން ލޮޕެޓޭގީ ވަކި ކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރެއާލް މެޑްރިޑުގެ ކޯޗުކަމުން ލޮޕެޓޭގީ ވަކި ކުރަން އުޅޭ ކަމަށް ޔޫރަޕުގެ ފުޓްބޯޅަ ކަވަރު ކުރާ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ލޮޕެޓޭގީ ވަކި ކުރުމަށްފަހު އެ މަގާމަށް ރެއާލްއުން ހަމަޖެއްސުން އެންމެ ގާތީ ކުރީގެ ޔުވެންޓަސް އަދި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭކަމަށް ހަބަރު ލިބެއެވެ. ނަމަވެސް ރެއާލްގެ ޒުވާން ޓީމުގެ ކޯޗު ސޮލާރީ އަދި ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ލައުރެންޓް ބްލާންކްވެސް ރެއާލުން ޝޯޓް ލިސްޓް ކޮށްފައިވާ ކަމަށްވެއެވެ.
ލޮޕެޓޭގީ ރެއާލްގެ ކޯޗުކަމާއި ހަވާލުވީ ނިމިދިޔަ ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސް ކޮޅަކަށްވެފައި ވަނިކޮށް ސްޕެއިންގެ ގައުމީ ޓީމު ކަމުން ވަކިކުރުމުންނެވެ.
ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ކަމުން ލޮޕެޓޭގީ ވަކިކޮށްފައިވަނީ ވޯލްޑް ކަޕަށް ފަހު އޭނާ ރެއާލްއާއި ހަވާލު ވާނެ ކަމަށް ރެއާލްއުން ހާމަކުރުމާއި ގުޅިގެން ސްޕެނިޝް ފުޓްބޯޅައާއި ބެހޭ މައި އިދާރާގެ އިސް ފަރާތްތަކުން އެކަމާއި ހިތްހަމަ ނުޖެހިގެންނެވެ.
މި ސީޒަނުގައި ރެއާލްއުން މިހާތަނަށް ހޯދާފައިވަނީ ވަރަށް ދަށް ނަތީޖާ ތަކެކެވެ. އެގޮތުން ލީގުގައި ނުވަ މެޗު ކުޅެވުން އިރު އެޓީމު އޮތީ 14 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ. ޗެންޕިއަންސް ލީގުގައިވެސް އެހެންޏާ އަބަދުހެން ވަރުގަދަކޮށް ފެންނަ ރެއާލް މި ސީޒަނުގައި ފެންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް