އީސީ ޝަރީފް އެނބުރި ރާއްޖެ ވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއިން ބޭރަށް ދުރުވުމަށް ފަހު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވުމައި ގުޅިގެން ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްއިން ވަނީ އިލެކްޝަންސްއިން ވޯޓު އޮޅުވާލާފައިވާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އަދި ޝަރީފް ފިޔަވައި އިލެކްޝަންސްގެ ހުރިހާ މެންބަރުންވަނީ އެކިޒާތުގެ ބިރު ދައްކަމުން ދާކަމަށްބުނެ އެ ދުވަސްކޮޅު ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ.
އޭރު ޝަރީފް ޓްވިޓާ މެދުވެރިކޮށް ވިދާޅުވީ އޭނާ ރާއްޖެ ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމުގައެވެ. އަދި ރައީސް ޔާމީން އިންތިހާބު ބާތިލްކުރަން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ނިމެންދެން ޝަރީފްވަނީ ރާއްޖޭގައި މަޑުކުރައްވާފައެވެ.
އޭނާ ޗުއްޓީއަށް ރާއްޖެއިން ބޭރަށް ވަޑައިގަތީ ސްޕްރީމް ކޯޓުން އިބްތިހާބް ބާތިލްނުކުރެވޭނެކަމުގެ ހުކުމް އިއްވުމަށް ފަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް