ހައިކޯޓްގެ ފަނޑިޔާރު ކަމަށް އިސްގާޒީ މާހިރު އައްޔަނު ކުރައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރ. އަލިފުށި, މެޑޯޒް އިބްރާހިމް މާހިރު އައްޔަނު ކުރައްވައިފި އެވެ.
ހައިކޯޓްގެ ފަނޑިޔާރު ކަމުގެ މަގާމަށް ހުޅުވާލީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޝަހީދުގެ ނަން ކަނޑައަޅާފައި ވަނިކޮށް އޭނާގެ ނަން އަނބުރާ ގެންދިއުމުންނެވެ. އޭނާގެ ނަން ގެންދިޔައީ އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެންނެވެ. ފަނޑިޔާރު ކަމަށް އޭނާ ކުރިމަތިލުމުން ވެސް އަދި ޖޭއެސްސީން އޭނާގެ ނަން ކަނޑައެޅުމުން ވެސް ވަރަށް ގިނަ ބަޔަކު ފާޑުކިޔެވެ.

އެހެން ކަމުން އަލުން ފަނޑިޔާރު ކަމަށް ހުޅުވާލި އެވެ. އެ ފުރުސަތުގައި ނުވަ މީހަކު ކުރިމަތިިލި އެވެ.
ޖޭއެސްސީން މިއަދު އޮތް ބައްދަލްވުމުގައި ނިންމީ އެ މަގާމަށް އިބްރާހިމް މާހިރު އައްޔަނު ކުރުމަށެވެ.
މާހިރު މިހާތަނަށް ހުންނެވީ ފެމެލީ ކޯޓްގެ އިސް ގާޒީގެ މަގާމުގަ އެވެ. ޖޭއެސްސީގެ ނިންމުމާ އެކު މާހިރު ވަނީ ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރައްވާފަ އެވެ.

ޖޭއެސްސީގައި މިއަދު އޮތް ބައްދަލްވުމެއްގައި މާހިރު ވަނީ ހައިކޯޓްގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފަ އެވެ. އަދި މަގާމަށް އައްޔަނުކުރައްވާ ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް ހުސަައިން ރިޒާ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް