N/A
N/A
ހަބަރު 31 Oct 2018 | 21:05

މަޖިލިސްގެ ނައިބު ރައީސް މަގާމުން ވަކި ކުރަން ޕީޕީއެމްއުން ހުށަހަޅަނީ

ރައްޔިތުގެ މަޖިލިސްގެ ނައިބު ރައީސް މޫސާ މަނިކު މަގާމުން ވަކި ކުރާން ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި އެންޓި ޑިފެކްޝަން ބިލް އުވާލުމުގެ ބިލް ބަލައިގަތުމަށްޓަކައި ބަހުސް ކުރައްވަމުން ފަލާހުވަނީ މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެފައެވެ.

ޖަލްސާތައް ކުރިއަށްދާ ގޮތާއިމެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވަމުން ފަލާހްވަނީ މިހާރު މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަވަނީ ބަންދު ދުވަސްތަކުގައި ރޭގަނޑެއް ދުވާލެއް ބެލުމެއް ނެތި މެންބަރުންނަށްވެސް އެނގުމެއް ނެތި ކަމަށް ވިދާޅުވެފައެވެ.

މިކަމަށް އިޝާރަތް ކުރައްވަމުން ފަލާހް ވިދާޅުވީ މިއަދުގެ ޖަލްސާ ބާއްވާނެކަން މެންބަރުންނަށް އެންގުމަށްފަހު ކެންސަލް ކޮށްފަވާކަމަށާއި އޭގެ ފަހުން އަނެއްކާވެސް 11:00 ގައި ޖަލްސާ އޮންނާނެކަން އެނގިވަޑައިގަތީ ޖަލްސާ ފެށެން 15 މިނެޓަށް ވެފައިވަނިކޮށް ފޯނު މެސެޖަކުން ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލިސްގެ ނައިބު ރައިސް މޫސާ މަނިކު ވިދާޅުވީ އޭނާ އަމަލު ކުރައްވަމުން ގެންދަވަނީ ޕީޕީއެމް އަދި އެމްޑީޕީ ބޭނުންވާ ގޮތަކަށް ނޫންކަމަށެވެ. އަދި ޖަލްސާތައް އޮންނަ ގަޑިތައް ނިންމަވަނީ މަޖިލިސްގެ ރައީސް މަސީހު ކަމަށާއި އޭނާގެ ޒިންމާއަކީ އެކަން މެންބަރުންނަށް އެންގުން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މަޖިލިސްގެ ނައިބު ރައީސް ކަމުން މޫސަ ވަކި ކުރުމަށް ޕީޕީއެމްއިން ހުށަހަޅަން ނިންމާފައިވާއިރު މަޖިލިސްގެ ރައީސް މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ އިދިކޮޅު މެންބަރުން ވަނީ މަޖިލީހަށް ވައްދާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ
23 Nov 2026 ހަބަރު

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ

މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
23 Nov 2026 ހަބަރު

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތަކަށް ގެއްލުން ލިބުނެވެ. އަދި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.