ހުުޅުމާލޭ ފްލެޓްތަކުގެ ކޮމަން އޭރިޔާ ގަވައިދާ ހިލާފަށް ބޭނުންކުރޭތޯ ބަލަނީ
ހުޅުމާލޭގެ ފްލެޓްތަކުގެ މެދުގައިވާ ހުސް ޖާގަ ނުވަތަ ކޮމަން އޭރިޔާތަކުގެ ހާލަތު ދެނެގަތުމަށް އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެއަކީ މީހުން ދިރިއުޅުމަށް ހިތްފަސޭހަ، އަދި އިގުތިސޯދީ އެކި މަސައްކަތް ކުރަން އެކަށޭނެ މާހައުލެއް ގާއިމު ކުރަން ވަކި ގޮތަކަށް ޕްލޭން ކޮށްފައިވާ ރަށެއް ކަމަށެވެ. އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ގެންދަނީ އެފަދަ މާހައުލެއް ހުޅުމާލޭގައި ގާއިމުކުރެވޭތޯ ކަމަށް އެ އިއުލާންގައި ވަނީ ބުނެފައެވެ.
އެހެންކަމުން ފުލެޓްތަކުގެ ކޮމަން އޭރިޔާ ގަވައިދާ ހިލާފަށް ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުންދާތީ، މި މަހުގެ ތެރޭގައި ސާވޭއެއް ކުރަން ފަށާނެކަމަށް ވަނީ ބުނެފައެވެ.
އެ ސާވޭގައި އެ ކޯޕަރޭޝަނުން ބަލާނީ ކޮމަން އޭރިއާގައި އިމާރާތްކޮށްފައި ހުރިތޯ އާއި، އެއްމެދު އިމާރާތަށް ގެއްލުންވާ ފަދަ ގަސްތައް އިންދާފައި ހުރިތޯ އާއި އެތަން ހިޔާކޮށް ދޮރު ހަރުކޮށްފައި ހުރިތޯ އެވެ.
މީގެ އިތުރުން، ވިޔަފާރި ބޭނުމަށް ކޮމަން އޭރިއާ ބޭނުން ކުރޭތޯ އާއި، އެ ކޯޕަރޭޝަނުން ހުއްދަ ނުކުރާފަދަ ބަދަލެއް އިމާރާތުގެ ބޭރަށް ގެނެސްފައި ހުރުމުގެ އިތުރުން، ބެލްކަނީގެ ރެއިލިން އިން ދޮރުކަނޑާފައި ހުރިތޯވެސް ބަލާނެކަމަށް ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް