N/A
N/A
ދީން 09 Feb 2024 | 08:09

"އިސްރާ އާއި މިޢުރާޖު ދަތުރުފުޅުގައި، އަލިފާނުގެ ކަތުރުތަކަކުން އެބައެއްގެ ތުންފަތް ކޮށަމުންދާ ބަޔަކު ރަސޫލާއަށް ދެއްކެވި"

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިސްރާޢާއި މިޢުރާޖުގެ ދަތުރުފުޅުގައި ބައެއް މީހުންކުރާ ކުށްފާފަތަކަށް މާތް الله ކަނޑައަޅުއްވާފައިވާ ޢަޛާބުގެ މަންޒަރުތަކެއް ލޮބުވެތި މާތް ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމައަށް ދެއްކެވި ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

އިސްރާއާއި މިޢުރާޖުގެ މަތިވެރި ޙާދިޘާގެ މައްޗަށް އަލިއަޅުވާ ލައި މިއަދު އިއްވި ޚުތުބާގައި ވަނީ އެ ދަތުރުފުޅާއި ގުޅުންހުރި ގިނަ ކަން ކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

އެގޮތުން އިސްރާއާއި މިޢުރާޖުގެ ހާދިސާ އަކީ މާތް الله ކީރިތި ރަސޫލާ އަށް ދެއްކެވި މުޢުޖިޒާތެއް ކަމަށާ އެއޫ މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިޙާނެއް ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

"އިސްރާގެ ޙާދިޘާއަކީ ހިނގާފައިވާ ކަމެއްކަން ކީރިތި ޤުރްއާނުގެ ނައްޞުން ޘާބިތު ވެއެވެ. އިސްރާއާ ބެހޭގޮތުން މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

"އެކަލާނގެ ހުސް ޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލްޙަރާމުން، އަލްމަސްޖިދުލްއަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

މިޢުރާޖުގެ ވާހަކައަށް އިޝާރަތް ކުރައްވައި މާތް الله ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.

"ދެން (الله) އެކަލާނގެ އަޅާއަށް ވަޙީ ކުރެއްވި އެއްޗެއް ވަޙީކުރެއްވިއެވެ. އެކަލޭގެފާނު ދެކެ ވަޑައިގެންނެވި ކަންތަކާ މެދު (އެކަލޭގެފާނުގެ) ހިތްޕުޅު އިންކާރެއް ނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާ މެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލު ކުރަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު އެހެން ފަހަރަކުވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. سِدْرَةُ الْـمُنْتَهَى ގެ ކައިރިންނެވެ. سِدْرَةُ الْـمُنْتَهَى ފޮރުވައިލި (ފުރިހަމަ) ކަމެއް އައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކި ފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާ ތަން ފަހަނަޅައި ވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ."

މީގެ އިތުރަށް ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ޞައްޙަ ޙަދީޘްފުޅުތަކުން އިސްރާއާއި މިޢުރާޖުގެ ޙާދިޘާ ހިނގާފައިވާކަން ކަށަވަރުވެ ޔަޤީންވާ ކަަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއާއެކު ޚުތުބާގައި ބުނީ އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިޘާއެއް ކަމަށާ އެއީ ރޭގަނޑުން ބައެއްގައި މާތް الله މާތްކުރައްވާފައިވާ މައްކާގެ އަލްމަސްޖިދުލް ޙަރާމުން ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ގެންދެވި ދަތުރު ފުޅު ކަމަށެވެ.

އަދި މިޢުރާޖަކީ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއިން ހަތްވަނަ އުޑުގެ މައްޗަށް ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެންދެވުނު ދަތުރުފުޅު ކަމަށާ މި ދަތުރުފުޅު ނިމުނު ޙިސާބު ދެނެވޮޑިގެންވަނީ، ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ، اللهُ سُبْحَانَهُ وَتَعَالَى ކަމަށެވެ.

ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ކުރިން ވެސް އަދި ފަހުން ވެސް އެއްވެސް މީހަކަށް ވާޞިލު ނުވެވޭނެ މަތިވެރި ދަރަޖަތަކަށް އެކަލޭގެފާނު މިދަތުރުފުޅުގައި ވާޞިލުވެ ވަޑައިގަތް ކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި އިސްރާ ދަތުރުފުޅުގައި އެކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން، އަލްމަސްޖިދުލް އަޤްޞާގައި ނަމާދުފުޅު ކުރެއްވި ކަމަށާ މިއީ އެކަލޭގެފާނަށް މާތް الله ދެއްވި ބޮޑު ޝަރަފެއް ކަމަށްވެސް ޚުތުބާގައި ބުންޏެވެ.

"މި ބޮޑު ޝަރަފު ދެއްވީ އިސްލާމް ދީނަށްޓަކައި، އެދީނުގެ ރިސާލަތު ފެތުރުއްވުމަށް ލޮބުވެތި ރަސޫލާ  ކުރެއްވި މިންނެތް ބުރަ މަސައްކަތްޕުޅުގެ ސަބަބުންނެވެ." ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ބައެއް މީހުންކުރާ ކުށްފާފަތަކަށް މާތް الله ކަނޑައަޅުއްވާފައިވާ ޢަޛާބުގެ މަންޒަރުތަކެއް ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އަށް ދެއްކެވި ކަމަށެވެ.

"އޭގެތެރެއިން އެއްބަޔަކީ އަލިފާނުގެ ކަތުރުތަކަކުން އެބައިމީހުންގެ ތުންފަތްތައް  ކޮށައި ކުދިކުރަމުންދާ  ބަޔެކެވެ. އެއީ ކޮން ބައެއްތޯ  ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ، އެއީ މީސްތަކުންނަށް ހެޔޮ ކަންތައް ކުރުމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ އިރު އެމީހުންގެ އަމިއްލަ ނަފުސުތަކުގެ މަތިން ހަނދާން ނައްތާލައިފާވާ މީހުން ކަމުގައެވެ."

ޚުތުބާ

"މި ދަތުރުފުޅުގައި ފެނިވަޑައިގެންނެވި އަނެއް މަންޒަރަކީ، އެބައިމީހުންގެ އިނގިލިތަކުގައި، ލޮއިގެ ނިޔަފަތިތަކެއް ހުރި ބަޔަކު އެ ނިޔަފަތިތަކުން އެމީހުންގެ ލމެއާއި މޫނުގައި ވަކި އަޅައި ނޮޅަމުންދާ މަންޒަރު ކަމަށާ އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ އެއީ މީސްތަކުންގެ އަބުރަށް އަރައި ނެތި މޮށޭ މީހުން ކަމުގައެވެ. އަދި މި ނޫންވެސް އެތައް ކަމެއް އެ ރޭ އެކަލޭގެފާނަށް ފެނިވަޑައިގަތެވެ."

ކަންމިހެން ހުރި އިރު، ރޭގަނޑާއި ދުވާލު، ނެތިމޮށުމާއި، މީހުންގެ އަބުރާ ބެހުމުގައި ތިމާމެންގެ ވަގުތުތައް ހޭދަކުރާ މީހުން މި ކަމާ މެދު ވިސްނައި އެފަދަ ފާފަތަކުން ދުރުހެލިވުމަށް ޢަޒުމު ކަނޑައަޅަން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ މި ޙާދިޘާއަކީ އީމާންކަމާއި ތަރްބިޔަތާއި އިޖުތިމާޢީ ދަރުސްތަކެއް އެކަމުގައި ހިމެނޭ ޙާދިޘާއެއް ކަމަށެވެ. އަދި އެއީ މާތް اللهގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ޢަމަލީ ޙާދިޘާއެއް ކަމަށާ މި ޙާދިޘާ ވެގެން ދިޔައީ މުއުމިނުންނާ ކުރިމަތިވި ބޮޑު އިމްތިޙާނަކަށް ކަމަށެވެ.

"މި އިމްތިޙާނުން އެންމެ ފުރަތަމަ ދަސްވެނިވި ބޭކަލަކީ މާތް الله ރުއްސުން ލެއްވި އަބޫބަކުރުގެފާނެވެ. އެކަލޭގެފާނަށް މި އިމްތިޙާނުގައި اَلصِّدِّيْقُ ގެ ލަޤަބު ލިބިވަޑައިގަތެވެ."

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، މި މަތިވެރި ދަތުރުފުޅުގެ ތެރޭގައި މާތް الله މި އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުން ކަމަށެވެ.

އަދި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ އަޚުންކަމުގައިވާ ނަބީބޭކަލުންނާ އެކު އިމާމުވެ ވަޑައިގެން ޖަމާޢަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން މި ޝަޢީރާގެ މަތިވެރިކަމާއި ޤަދަރުވެރިކަން ހާމަވެގެން ދާ ކަމަށާ، އެހެން ފަރާތެއް މެދުވެރި ނުކުރައްވައި ސީދާ الله سُبْحَانَهُ وَتَعَالَى މި އުއްމަތުގެ މައްޗަށް ނަމާދު ފަރުޟު ކުރެއްވުމުން މިފަރީޟާގެ މަތިވެރިކަން އެނގިގެންދާ ކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ބަޔާންކޮށް ދެއްވާފައިވާ ފަދައިން ނަމާދަކީ ދީނުގެ ތަނބެވެ. އެއީ އީމާންކަން މިނެދޭ މިންގަނޑެވެ. މަޙްޝަރުގެ ބިމުގައި ޙިސާބު ބެއްލެވޭ އިރު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ ބެހޭގޮތުންނެވެ. އެކަން ރަނގަޅު ވެއްޖެ މީހާގެ ދެންހުރި ކަންތައް ރަނގަޅު ވެދެއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ދާންމަތިކޮޅުގައި އޮންނަވައި އެންމެ ފަހުން އުއްމަތަށް ކުރެއްވި ވަޞިއްޔަތުގައިވެސް ނަމާދަށް ރައްކާތެރިވުމަށް އަންގަވާފައި ވެއެވެ.

ޚުތުބާ

ޚުތުބާގައި ބުނީ އިސްރާއާއި މިޢުރާޖުގެ ޙާދިޘާއަކީ މީސްތަކުންނާ އެކު މުޢާމަލާތު ކުރުމުގެ މަތިވެރި ދަރުސްތަކެއް އޭގައި ހިމެނޭ ޙާދިޘާއެކެވެ. މިއީ ރަނގަޅު ޞާލިޙު އެކުވެރިންނާއި އިޚުލާޞްތެރި މިތުރުންގެ ހެޔޮ ނަމޫނާ ހާމަކޮށްދިން ޙާދިޘާއެއް ކަމަށެވެ.

އަދި ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް މި ދަތުރުފުޅުގެ ވާހަކަ މީސްތަކުންނަށް ވިދާޅުވެ ދެއްވުމުން، މީސްތަކުން ބައިބަޔަށް ބެހިގެން ދިޔަ ކަމަށާ މި ވާހަކަ ޤަބޫލުކުރި ބަޔަކާއި އެ ކަމާ މެދު ޝައްކު ކުރި ބަޔަކު ފާޅުވި އިރު, މި ވާހަކަ ދޮގު ކުރި ބަޔަކާއި ތެދު ކުރި ބަޔަކު ހާމަވި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
11 Sep 2026 ދީން

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ
04 Sep 2026 ދީން

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި އެމީހުންނަށް އެންމެ ބޮޑަށް އަޅާލަންޖެހޭ މައިންބަފައިންވެސް ހިމެނޭ ކަމަށާ، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފ...