ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރޭ ހުޅުވާލައިފި އެވެ.
މާފަންނު ކުނޫޒުގައި ރޭ ބޭއްވިގެންދިޔަ އެޕާޓީގެ 123 ވަނަ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށް، ޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅުއްވި އެ މަގާމަށް ބޭފުޅަކު ހޮއްވެވުމަށް އެ ފުރުސަތު ހުޅުވާލުމުން ފާސްވީ 61 މެމްބަރުންގެ އިއްތިފާގުންނެވެ.
މި މަގާމަށް ކުރިމަތިލުމަށް ވަކި މުއްދަތެއްކަޑައަޅާފައިވާ ކަމެއް ހާމައެއް ނުކުރެއެެވެ.
ކުރިން އެމަގާމުގައި ހުންނެވި ގާސިމް އިބްރާހިމް އަށް އެ މަގާމް ގެއްލުނީ ރައްޔިތުން މަޖްލީސް މެންބަރުންނަށް ރިޝްވަތު ހުށައެޅިކަމަށް ސާބިތުވެ، ކުރިމިނަލް ކޯޓުން ޖަލު ހުކުމެއް އެބޭފުޅާމައްޗަށް ކުރުމުންނެވެ. ނަމަވެސް އިއްޔެ ހައިކޯޓުންވަނީ އެހުކުމް ބާތިލްކޮށްފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ އިސް މަގާމެއްގައި ނުހުރެވޭނެ އެވެ.
އެހެންކަމުން މިމަޤާމަށް ދެންވެސް ކުރިމަތި ލައްވާނީ ޤާސިމް އިބްރާހިމް ކަމަށް ބެލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް